Roadha Mihaaru
އާދަޔާޚިލާފަށް ވިސްނުންތޫނު 18 މަހުގެ ކުއްޖެއް

އާދަޔާޚިލާފަށް ވިސްނުންތޫނު 18 މަހުގެ ކުއްޖެއް

23 ސެޕްޓެމްބަރ 2016

އިންޑިއާގެ ނާގްޕޫރްގައި ދިރިއުޅޭ އަދްވިކާ ބާލޭ އަށް މިހާރުވެސް 26 ގައުމެއްގެ ފައިސާ ވަކިކުރަން އެނގެ އެވެ. އަދި ދުނިޔޭގެ ހަތް އަޖައިބާއި އެތަންތަން ހުންނަ ގައުމު ވެސް ބުނެދޭން އެނގެ އެވެ. އަދި ޖަނަވާރުންގެ ނަން އިނގިރޭސި ބަހުން ބުނުމުން އެ ނަން މަރާޓީއަށް ބަދަލުކޮށްގެން ކިޔައިދޭން އެނގެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިންޑިއާގެ ނާގްޕޫރްގައި ދިރިއުޅޭ އަދްވިކާ ބާލޭ އަށް މިހާރުވެސް 26 ގައުމެއްގެ ފައިސާ ވަކިކުރަން އެނގެ އެވެ. އަދި ދުނިޔޭގެ ހަތް އަޖައިބާއި އެތަންތަން ހުންނަ ގައުމު ވެސް ބުނެދޭން އެނގެ އެވެ. އަދި ޖަނަވާރުންގެ ނަން އިނގިރޭސި ބަހުން ބުނުމުން އެ ނަން މަރާޓީއަށް ބަދަލުކޮށްގެން ކިޔައިދޭން އެނގެ އެވެ.

ބޮޑެތި މީހުންގެ ތެރެއިން ވެސް ގިނަ މީހުންނަށް މިއީ ދަސްކުރަން އުނދަގޫ އެއްޗެހި ނަމަވެސް އެންމެ ދޮޅު އަހަރުގެ މި ކުއްޖާއަށް މިއީ އެއްވެސް ކަމެއް ނޫނެވެ.

މިދިޔަ މަހު ކުއްލިއަކަށް އަދްވިކާ ވާހަކަ ދައްކަން ފެށުމުން އޭނާގެ މަންމަ އާސާވަރީ ބާލޭ އަށް ހުރީ ގަބޫލުކުރަން ވެސް ދަތިވެފަ އެވެ. ނަމަވެސް އަދްވިތަ އަކީ އުމުރުން ހަ މަހުން ފެށިގެން އޭނާގެ މަންމަ ކިޔައިދޭ ހުރިހާ އެއްޗެއް ރީތިކޮށް ނުކިޔުނަސް އޭނާއަށް ކިޔުނު ގޮތަކަށް ކިޔާ ކުއްޖެކެވެ.

އަދްވިކާ އަށް ފިރުކެވެން ފެށުމުން އޭނާގެ މަންމަ އޭނައަށް އޭބީސީޑީގެ އަކުރުތަކާއި މޭވާ އާއި ޖަނަވާރުގެ ފޮޓޯތައް ޖަހާފައިވާ ޗާޓްތައް ދައްކަން ފެށީ އެވެ. އަދި އުމުރުން އަށް މަސް ފުރުމުން އެކި ގައުމުތަކުގެ ނަންތަކާއި އެ ގައުމުތަކުގެ ފައިސާ އާއި ދުނިޔޭގެ ހަތް އަޖައިބު ފަދަ އެއްޗެތި އޭނާއަށް ކިޔައިދޭން ފެށީ ކަމަށް އަދްވިކާގެ މަންމަ ބުންޏެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހަށް އަދްވިކާގެ މަންމަ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އުމުރުން 10 މަސް ވީއިރު ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއްގެ ނަން އަދްވިކާ އަށް އެނގެ އެވެ.

މި ރިޕޯޓު ލިޔުމަށްޓަކައި އަދްވިކާއާ އެކު ދެ ގަޑިއެއްހާއިރު ނޫސްވެރިން ހޭދަކުރި އެވެ. އެ ވަގުތުކޮޅުގެ ތެރޭގައި 100 ވަރަކަށް ސުވާލު ކުރި އެވެ. އެ ސުވާލުތަކަކީ އަދްވިކާގެ މައިންބަފައިން ތައްޔާރުކޮށްފައިވާ ސުވާލުތަކެކެވެ.

ލިޔެފައި ހުންނަ ބަސް ފެނުމުން ކިޔަން އަދްވިކާ އަށް އެނގެ އެވެ. އެގޮތުން ބަސްތަކެއް ލިޔެފައިވާ ޗާޓެއް ދެއްކުމުން އެންމެ ދެ ސުވާލަށް ނޫނީ ހުރިހާ ސުވާލަކަށް ވަރަށް އަވަހަށް އަދި ރަނގަޅަށް ޖަވާބު ދީފައިވެ އެވެ.

އަދްވިކާގެ ބައްޕަ ސާގަރް ބުނި ގޮތުގައި އަދްވިކާ އަބަދުވެސް ފޮތް ބެލުމަށާއި އޭގައި ހުންނަ އެއްޗެހި ދަސްކުރުމަށް ޝައުގުވެރިވެ އެވެ.