27 އޮކްޓޯބަރ 2016
އުމުރުން ދެ އަހަރުގައި ކުރަން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ފަހަރެއްގައި ނާސަރީ ރައިމްސް ކިޔަން އެނގިދާނެ އެވެ. ބައެއް ކަހަލަ އަކުރުތައް ކިޔަން އެނގުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ. އެ ޒަމާނަށް ބަލާފައި އެ ވަރު ވިޔަސް ވަރަށް މޮޅޭ ގިނަ މީހުން ބުނާނެ އެވެ.
އުމުރުން ދެ އަހަރުގައި ކުރަން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ފަހަރެއްގައި ނާސަރީ ރައިމްސް ކިޔަން އެނގިދާނެ އެވެ. ބައެއް ކަހަލަ އަކުރުތައް ކިޔަން އެނގުމަކީ ވެސް ހަމަ އެކަށީގެންވާ ކަމެކެވެ. އެ ޒަމާނަށް ބަލާފައި އެ ވަރު ވިޔަސް ވަރަށް މޮޅޭ ގިނަ މީހުން ބުނާނެ އެވެ.
ނަމަވެސް އިންޑިއާގެ ހައިދަރްއާބާދަށް އުފަން ދެ އަހަރުގެ ކުޑަކުޑަ ރިމްހާސް އަކީ ދެ އަހަރުގެ ކުއްޖަކަށް ވަރަށް މަދުން ނޫނީ ދަސް ނުކުރެވޭ ވަރަށް އެއްޗެހި ދަސްކޮށްފައިވާ އާދަޔާޚިލާފު ކުޅަދާނަކަމެއް ލިބިފައިވާ ކުއްޖެކެވެ.
ރިމްހާސް އަށް ދުނިޔޭގެ ހުރިހާ ގައުމެއްގެ ވެރިރަށުގެ ނަން އެނގެ އެވެ. ކޮންމެ ގައުމެއްގެ ނަން ބުނާއިރަށް އެ ގައުމުގެ ވެރިރަށް ބުނެ އެވެ. އަދި ސައިންސްގެ ވަރަށް ގިނަ ސުވާލުތަކުގެ ޖަވާބު އެނގެ އެވެ.
މިސާލަކަށް ލޮލުގައި ހުންނަނީ ކޮން ކަހަލަ އޮކްސައިޑެއްތޯ އެހުމުން އޭނާ ޖަވާބު ދެ އެވެ. އަދި ދުނިޔެ އެނބުރޭ ސްޕީޑަކީ ކޮބައިތޯ އެހިޔަސް އޭނާ ރަނގަޅަށް ޖަވާބު ދެ އެވެ.
ވީޑިއޯގައި އެ ވަނީ ކުޑަކުޑަ އެންސައިކްލޮޕީޑިއާއެއް ކަހަލަ މި ކުއްޖާގެ މައުލޫމާތުގެ ޚަޒާނާއިން ގުނާލެވުނު މަދު ސުވާލުތަކެއްގެ ޖަވާބެވެ. ސްކޫލަކަށް ދާން އަދި އެއް އަހަރު އޮތްއިރު މިހާރު ވެސް ދުވާލަކު 20 ބަސް ދަނީ ދަސްކުރަމުންނެވެ.
ރިމްހާސްގެ މަންމަ އަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީޗަރުކަން ކޮށްފައިވާ މީހެކެވެ. ނަމަވެސް ޓީޗަރެއްގެ ގޮތުގައި ކިޔަވައިދިނުމުގައި އޭނާ ހޭދަކުރި ދިގު މުއްދަތުގައި މިންހާސް ކަހަލަ ދަސްކުރުމުގެ ގާބިލްކަން ހުރި ކުއްޖަކާ ދިމާވެފައިވާ ނުވާ ކަމަށް ރިމްހާސްގެ މަންމަ ބުންޏެވެ.
ފަގީރު ކުއްޖެއްގެއަތުން 120،000 އަށް 12 އަނބު
ނުވަ އަހަރުގެ ކުއްޖަކު ބުލީއާ ދެކޮޅު އެޕެއް ހަދައިފި
އުމުރުން 11 އަހަރުގައި ބީޓެކް ޓީޗަރަކަށް
މައިންބަފައިންދެކެ ރުޅިން ކޮޓަރިން ނުނިކުމެ ތިން އަހަރު
އާދަޔާޚިލާފަށް ވިސްނުންތޫނު 18 މަހުގެ ކުއްޖެއް
ޔަޝްއަލް: މިއީ އާދަޔާ ހިލާފަށް ތޫނުފިލި ކުއްޖެއް!
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ދިގުރަށުން ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަނީ
ޗައިނާގައި ކުދިންގެ ސްކްރީން ވަގުތު މަދުކުރަނީ
މަންމަގެ ލިވާއާ އެކު އަދްޔާނަށް އާ ދިރިއުޅުމެއް