ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފެށި މަސައްކަތުގައި، ގަވައިދާ ހިލާފަށް އުޅޭ މީހުން އަލުން ރަޖިސްޓްރީކުރަން ހިންގާ ޕްރޮގްރާމްގައި ރަޖިސްޓްރީވާން ނަމްބަރު ދޫކުރުން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަން އިކޮނޮމިކް މިނިސްޓްރީން ނިންމައި އެކަން މިއަދު އިއުލާނުކޮށްފި އެވެ.
03 އޮކްޓޯބަރ 2019
ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން ފެށި މަސައްކަތުގައި، ގަވައިދާ ހިލާފަށް އުޅޭ މީހުން އަލުން ރަޖިސްޓްރީކުރަން ހިންގާ ޕްރޮގްރާމްގައި ރަޖިސްޓްރީވާން ނަމްބަރު ދޫކުރުން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަން އިކޮނޮމިކް މިނިސްޓްރީން ނިންމައި އެކަން މިއަދު އިއުލާނުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ ރީ ރެގިއުލަރައިޒްވާން ބޭނުންވާ ބިދޭސީންނަށް ނަމްބަރު ދޫކުރުން އެ މިނިސްޓްރީން ދޫކުރުން މިއަދުން ފެށިގެން ހުއްޓާލާފައިވާ ކަމަށެވެ. ކިއު ނަމްބަރު ދޫކުރުން ދެން އޮންނާނީ ގަލޮޅު ދަނޑުގައި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ބިދޭސީންނަށް ކިއު ނަމްބަރު ދޫކުރަމުން އައީ މަޖީދީ މަގުގައި ކުރިން ޕީޖީ އޮފީސް ހިންގި އިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓުގަ އެވެ. އެ މަސައްކަތް އެތަނުގައި ކުރަން ފެށުމުން ނަމްބަރު ދޫކުރަން ފެށުމުގެ އެތައް ގަޑިއިރެއް ކުރިން އެ ސަރަހައްދުގައި ބަންގްލަދޭޝްގެ އެތައް ސަތޭކަ ބަޔަކު ކިޔޫގައި ޖެހެ އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު އެ ސަރަހައްދުގައި ހެދި ކިއޫ އޭޑީކޭ ހޮސްޕިޓަލާ ހަމަޔަށް ދެމިފައި އޮތެވެ.
ދުވާލަކު ދޫކުރާ 150 ނަންބަރު ހުސްވުމުން، އެހެން މީހުން އެ ސަރަހައްދުން ފޮނުވާލަން އޭރު ޖެހެނީ ފުލުހުން ގޮސްގެންނެވެ
ބިދޭސީން ގަވައިދަށް ވަނުމުގެ ފުރުސަތު ހުޅުވާލުމާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ބިދޭސީން މާލެ އައިސް ރަޖިސްޓްރީވާން ވަނީ ފަށައިފަ އެވެ.
ދުވާލަކު 150 ނަންބަރު ދޫކުރާ ނަމަ އެއީ މަހަކަށް 3،000 ނަންބަރެވެ. ސަރުކާރުން މިހާރު ދީފައިވާ ހަ މަސް ދުވަހުގެ މުއްދަތަށް ބަލާ ނަމަ އެއީ 18،000 ނަންބަރެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް 63،000 މީހުން އުޅޭނެ ކަމަށް، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ކުރިން ލަފާކޮށްފައިވެ އެވެ.
މުއްދަތުގައި އެ އެންމެން ރަޖިސްޓްރީކުރާ ނަމަ، މިހާރަށް ވުރެ ގިނަ ނަންބަރު ދޫކޮށްގެން ނޫނީ ހަމަޔަކަށް ނޭޅޭނެ ކަމަށް ބެލެވެ އެވެ.
އަލުން ރަޖިސްޓަ ވާން ޖެހެނީ، ވަކި ކުންފުންޏެއްގެ ދަށުން މަސައްކަތް ނުކުރާ މީހުންނެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށް ވެސް ހުށައެޅެ އެވެ.
ދޮޅުމަސްތެރޭގައި ބިދޭސީންގެ ޑިޓެންޝަން ފެސިލިޓީ ހުޅުވަނީ
32 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ރެހެންދި ސްކޫލް ހޯލުގައި ބިދޭސީންގެ މައުލޫމާތު ނަގަނީ
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ބަޔޯމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކުރަނީ
ގަވާއިދާ ހިލާފު 6،000 ބިދޭސީން ޑީޕޯޓްކޮށްފި
މާލެ އިން 1،455 ބިދޭސީއެއްގެ މައުލޫމާތު ނަގައިފި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
4 މަސްތެރޭ އިމިގްރޭޝަން ވޮޗްއަށް 1،017 މައްސަލަ