Roadha Mihaaru
ނޭމާ ރެއާލަށް ބަދަލުވެދާނެކަމުގެ ބިރު އޮތް: މެސީ

ނޭމާ ރެއާލަށް ބަދަލުވެދާނެކަމުގެ ބިރު އޮތް: މެސީ

09 އޮކްޓޯބަރ 2019

މެޑްރިޑް (އޮކްޓޫބަރު 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އެ ޓީމު ދޫކޮށްލައި ބާސެލޯނާ އަށް ބަދަލުވާން ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނާ ރެއާލް މެޑްރިޑަށް ސޮއިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (އޮކްޓޫބަރު 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާ އެ ޓީމު ދޫކޮށްލައި ބާސެލޯނާ އަށް ބަދަލުވާން ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނާ ރެއާލް މެޑްރިޑަށް ސޮއިކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ބާސެލޯނާ އިން ނޭމާ ގެންނަން ކުރި މަސައްކަތް ކާމިޔާބުނުވީ ޕީއެސްޖީން އޭނާ ވިއްކާލަން ކީ އަގުބޮޑުވުމުންނެވެ. އަދި ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި 135 މިލިއަން ޑޮލަރަށް އެންޓޮއިން ގްރީޒްމަން ގަނެފައިވާތީ ބޮޑު އަގެއް ދީފައި އިތުރު ކުޅުންތެރިޔަކު ގަނެވެން ވެސް ނެތީ އެވެ.

މެސީ ބުނީ ނޭމާ ރެއާލަށް ސޮއިކުރުމުގެ ބިރު ހީވެފައި އޮތީ ސަބަބުތަކެއް ވެސް ހުރުމުން ކަމަށެވެ.

"ބާސެލޯނާ އަށް ނާދެވިއްޖެނަމަ ނޭމާ ރެއާލަށް ދާނެ ކަމަށް އަހަރެން ވަރަށް ބޮޑަށް ވިސްނިން. އެއީ އޭނާ ހުރީ ވަރަށް ބޮޑަށް ޕީއެސްޖީ ދޫކޮށްލަން ބޭނުންވެފައި. އަހަންނަށް ވަރަށް ޔަގީންކަން އޮތް ރެއާލުގެ ރައީސް ފްލޮރެންޓީނޯ ކޮންމެވެސް ގޮތެއް ހަދާފައި ނޭމާ ގެނެސްފާނެ ކަމުގެ،" ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

މީގެ ދެ އަހަރު ކުރިން ބާސެލޯނާ ދޫކޮށް ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 246 މިލިއަން ޑޮލަރަށް ޕީއެސްޖީ އަށް ބަދަލުވި ނޭމާ ގެންނަން ބާސެލޯނާ އިން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެކި ގޮތްގޮތުން މަސައްކަތްކޮށްފަ އެވެ. ބާސެލޯނާ ދޫކޮށް ނޭމާ ބޭނުންވީ މެސީގެ ހިޔަނިން ނުކުމެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާށެވެ. އެކަމަކު ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައި ނޭމާ ބޭނުންވާ ވަރުގެ ކާމިޔާބީތަކެއް ހާސިލްކުރެވޭނެ މަގެއް ނެތުމުން އޭނާ ޓީމު ބަދަލުކުރަން ބޭނުންވީ އެވެ.

ކްލަބް ދޫކޮށްލަން ނޭމާ ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނާ އެންމެ ފަހުން ޕީއެސްޖީގައި މަޑުކުރީ އެވެ. ޕީއެސްޖީގެ މެޗުތަކުގައި ނޭމާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެ ޓީމުގެ ސަޕޯޓަރުންގެ ނުރުހުން އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. އެއީ ކްލަބް ބަދަލުކުރަން ބޭނުންވެގެން އޭނާ ކަންތައް ކުރި ގޮތުންނެވެ. އެކަމާ ބެހޭގޮތުން ނޭމާ ބުނީ ސަޕޯޓަރުންގެ ލޯބި އަލުން ހޯދަން ކުރެވޭނެ މަސައްކަތަކީ ޓީމު މޮޅުކޮށްދޭން އޭނާ އަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރުން ކަމަށެވެ.