Roadha Mihaaru
ވިޔަފާރި ކުރުމުގެ ހިދުމަތްތައް ދިނުމަށް ކުންފުންޏެއް

ވިޔަފާރި ކުރުމުގެ ހިދުމަތްތައް ދިނުމަށް ކުންފުންޏެއް އުފައްދަވައިފި

13 އޮކްޓޯބަރ 2019

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސްގެ ގަރާރަކުން އުފެއްދެވި ކުންފުންޏަކީ ރާއްޖޭގައި ވިޔަފާރި ކުރުމާގުޅޭ ހިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރާ ސަރުކާރުގެ ސަތޭކަ ޕަސަންޓު ހިއްސާ އެކުލެވިގެންވާ ކުންފުންޏެއް ކަމަށެވެ.

ކުންފުނީގެ ހުއްދަ ކޮށްފައިވާ ރައުސުލްމާލަކީ 10ރ. ގެ 15 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ 150 މިލިއަން ރުފިޔާ ކަމަށް ވެސް ރައީސްގެ ގަރާރުގައިވެ އެވެ.

މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމާއި، އުފުލޭ މުދަލާއި، ނުއުފުލޭ މުދާ ގާނޫނު ހުއްދަކުރާ ގޮތުގެ މަތިން ހޯދުމާއި، ލިބިގަތުމުގެ ހައްގު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެކެވެ.