Roadha Mihaaru
ކެޓްވުމަންގެ ރޯލް މި ފަހަރު ޒޯއީ އަށް

ރޮބަޓް ޕެޓިންސަންގެ "ބެޓްމޭން" ގެ ކެޓްވުމަންގެ ރޯލް ޒޯއީ އަށް

16 އޮކްޓޯބަރ 2019

ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން ބެޓްމޭންގެ ރޯލް ކުޅޭ ޑައިރެކްޓަރު މެޓް ރީވްސްގެ ފިލްމު "ދަ ބެޓްމޭން" ގައި މި ފަހަރު ކެޓްވުމަންގެ ރޯލް ކުޅޭނީ ޒޯއީ ކްރެވިޒް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން ބެޓްމޭންގެ ރޯލް ކުޅޭ ޑައިރެކްޓަރު މެޓް ރީވްސްގެ ފިލްމު "ދަ ބެޓްމޭން" ގައި މި ފަހަރު ކެޓްވުމަންގެ ރޯލް ކުޅޭނީ ޒޯއީ ކްރެވިޒް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވެރައިޓީން ބުނިގޮތުގައި ސިލްސިލާ "ބިގް ލިޓްސް ލައިސް" އާއި ފީޗާ ފިލްމުތައް ކަމަށްވާ "މޭޑް މެކްސް: ފިއުރީ ރޯޑް" އާއި "ޑިވަޖެންޓް" ފަދަ ފިލްމުތައް ކުޅުނު 30 އަހަރުގެ ބަތަލާ އަށް "ބެޓްމޭން" އިން ފުރުސަތު ލިބުނީ "އެޓްލާންޓާ" އާއި "ޑެޑްޕޫލް 2" ފަދަ ފިލްމުތައް ކުޅުނު ޒެޒީ ބީޓްޒް އާއި "ޖޯކާ" އާއި "ބޭބީ ޑްރައިވާޒް" ގެ ބަތަލާ އެއީޒާ ގޮންޒާލޭޒްގެ އިތުރުން "ދަ ޑެނިޝް" އިން އޮސްކާ އެވޯޑް ވެސް ހޯދާފައިވާ އެލީޝިއާ ވިކަންޑާ ވެސް ފަހަތަށް ޖައްސައިލުމަށް ފަހު އެވެ.

"ދަ ބެޓްމޭން" އިން ފުރުސަތު ލިބުނު އިރު، ޒޯއީ ވަނީ 2021 ގައި ރިލީޒްކުރާ "ފެންޓާސްޓިކް ބީސްޓް" ސީރީޒްގެ ތިން ވަނަ ފިލްމަށް ވެސް ސޮއިކޮށްފަ އެވެ. އެ ފިލްމު ސިނަމާތަކަސް ގެންނަން ނިންމާފައި ވަނީ ނޮވެމްބަރު 12، 2021 ގަ އެވެ.

"ދަ ބެޓްމޭން" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ ޖޫން، 25، 2021 ގަ އެވެ. މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މީގެ ކާސްޓުންގެ ތެރޭގައި ޖޯނަ ހިލް އާއި ޖެފްރީ ރައިޓް ވެސް ހިމެނެ އެވެ.