ވިންޑޯޒް 7 ހުއްޓާލުމަށްޓަކައި، މައިކްރޮސޮފްޓުން ތައްޔާރުވާން ފަށައިފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި، ޖެނުއަރީ 14، 2020 އަށް ފަހު، ވިންޑޯޒް 7 އަށް "ސޮފްޓްވެއާ އަޕްޑޭޓް" އެއް ނުލިބޭނެ އެވެ. މާނަ އަކީ އެ އަށް ފަހު، އުފެދިގެން އަންނަ ވައިރަސް ހަމަލާތަކުން ސަލާމަތްވުމަށް މައިކްރޮސޮފްޓުން އެއްވެސް ކަމެއް ނުކޮށްދޭނެ ކަމެވެ.
20 އޮކްޓޯބަރ 2019
ވިންޑޯޒް 7 ހުއްޓާލުމަށްޓަކައި، މައިކްރޮސޮފްޓުން ތައްޔާރުވާން ފަށައިފި އެވެ. އެ ކުންފުނިން ބުނި ގޮތުގައި، ޖެނުއަރީ 14، 2020 އަށް ފަހު، ވިންޑޯޒް 7 އަށް "ސޮފްޓްވެއާ އަޕްޑޭޓް" އެއް ނުލިބޭނެ އެވެ. މާނަ އަކީ އެ އަށް ފަހު، އުފެދިގެން އަންނަ ވައިރަސް ހަމަލާތަކުން ސަލާމަތްވުމަށް މައިކްރޮސޮފްޓުން އެއްވެސް ކަމެއް ނުކޮށްދޭނެ ކަމެވެ.
ވިންޑޯޒް 7 ހުއްޓާލުމަށްޓަކައި "ނޮޓިފިކޭޝަން" މެސެޖްތަކެއް ފޮނުވަން ވަނީ ފަށައިފަ އެވެ. މި މެސެޖްތައް އެންމެ ފުރަތަމަ ލިބޭނެ ކަމަށް ބުނަނީ، "ވިންޑޯޒް 7 ހޯމް" ބޭނުންކުރާ މީހުންނަށެވެ. އެ އަށް ފަހު "ވިންޑޯޒް 7 ޕްރޮފެޝަނަލް" ބޭނުންކުރާ މީހުންނަށެވެ.
މައިކްރޮސޮފްޓުން ވިންޑޯޒް 7 ހުއްޓާލާއިރު، ބަދަލުވާން އެދެނީ ވިންޑޯޒް 10 އަށެވެ. ވިންޑޯޒް 7 ނިމުމަކަށް އަންނާތީ އެ ކަމަށް ސަމާލުވުމަށް ފޮނުވާ މެސެޖްތަކުގައި ވެސް، ވިންޑޯޒް 10 އަށް އިޝާރާތުން ދައްކާފައި ހުރެ އެވެ.
ވިންޑޯޒް 7 ދޫކޮށް ވިންޑޯޒް 10 އަށް ބަދަލުވުމަކީ ބިރުގަންނަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. އެހެން ނޫނަސް، ދިވެހިރާއްޖޭގައި، އަހަރެމެންގެ އާދަ އަކީ، ކޮންމެ އެއްޗެއް ވެސް ހޫނުތަނުން އަތުލައިގަތުމެވެ. މި މިސާލުގައި ތިބި ބަޔަކު މިހާރު ބޭނުންކުރަނެކަން ކަށަވަރީ ވިންޑޯޒް 10 އެވެ.
އަމިއްލަ ފަރުދަކު ވިންޑޯޒް 10 އަށް ބަދަލުވާހާ ފަސޭހައިން، ކުންފުނިތަކަށް އެކަން ކުރެވޭކަށް ނޯވެ އެވެ. ސަބަބަކީ، އެ މީހުންގެ ޚިދުމަތްތަކާ ގުޅުން ހުރި ސޮފްޓްވެއާ އެޕްލިކޭޝަންތައް، އޮޕަރޭޓިން ސިސްޓަމާ ގުޅެން ޖެހުމެވެ. އެހެންކަމުން، ވިންޑޯޒް 10 އަށް ބަދަލުވުމުގެ ކުރިން، ކުންފުނިތަކުގައި ބޭނުންކުރާ، ޚިދުމަތްތަކަށް ޚާއްސަ އެޕްލިކޭޝަންތައް ވިންޑޯޒް 10 ގައި މަސައްކަތްކުރާކަން ކަށަވަރުކުރަން ޖެހެ އެވެ.
ވިންޑޯޒް 11 ނެރުން އަވަސްކޮށް، އަންނަމަހުގެ 5 އަށް
ވިންޑޯޒް 11 އާ އެކު "ޕެއިންޓް" އާކުރަނީ
ވިންޑޯޒް 10ގެ ނިމުން 2025 ގައި
ވިންޑޯޒް 10: އެއް ބިލިއަން ކޮމްޕިއުޓަރުގައި
ވިންޑޯޒް "ލައިވް ޓައިލްސް": ބޭނުމެއް ނެތް ފީޗާއެއް
ކޮމްޕިއުޓަރު ވިޔަފާރި އަދިވެސް ދާނީ ދަށަށް
ވިންޑޯޒް 7ގެ އުމުރު ހަމަވެއްޖެ
މައިކްރޮސޮފްޓް އެޖާއި ކްރޯމް "ތަޅާފޮޅުމެއްގައި"
ވިންޑޯސް 11 އާ އެކު އިންޓަނެޓް އެކްސްޕްލޯރާ ފޮހެލަނީ
ވިންޑޯޒް 11: އަޕްޑޭޓިންގައި މަސައްކަތެއް ނުހުއްޓޭނެ