Roadha Mihaaru
ވިންޑޯޒް "ލައިވް ޓައިލްސް": ބޭނުމެއް ނެތް ފީޗާއެއް

މައިކްރޮސޮފްޓް ވިންޑޯޒް "ލައިވް ޓައިލްސް": ބޭނުމެއް ނެތް ފީޗާއެއް

05 މާޗް 2020

މައިކްރޮސޮފްޓް ވިންޑޯޒް ބޭނުންކުރާ މީހުންނަށް އުނދަގޫކުރާ ފީޗާތަކެއް ވިންޑޯޒްގައި އެބަ ހުއްޓެވެ. އެ ފީޗާތައް ވިންޑޯޒް އިން ބޭރުނުކުރާހާ ހިނދަކު އެއާ ނުލައި ވިންޑޯޒް ބޭނުންކުރެވޭނެ ގޮތެއް ވެސް ނެތެވެ. ހަމަ ގައިވު ވެސް، އެއީ އާދައިގެ މީހަކަށް ކުރެވެން ނެތް ކަމެކެވެ. ވިންޑޯޒް "ލައިވް ޓައިލްސް" އަކީ މި ބުނި ކަހަލަ ފީޗާއެކެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

މައިކްރޮސޮފްޓް ވިންޑޯޒް ބޭނުންކުރާ މީހުންނަށް އުނދަގޫކުރާ ފީޗާތަކެއް ވިންޑޯޒްގައި އެބަ ހުއްޓެވެ. އެ ފީޗާތައް ވިންޑޯޒް އިން ބޭރުނުކުރާހާ ހިނދަކު އެއާ ނުލައި ވިންޑޯޒް ބޭނުންކުރެވޭނެ ގޮތެއް ވެސް ނެތެވެ. ހަމަ ގައިވު ވެސް، އެއީ އާދައިގެ މީހަކަށް ކުރެވެން ނެތް ކަމެކެވެ. ވިންޑޯޒް "ލައިވް ޓައިލްސް" އަކީ މި ބުނި ކަހަލަ ފީޗާއެކެވެ.

ވިންޑޯޒް "ލައިވް ޓައިލްސް" އަކީ ތާސްބައިގެ ގަނޑުތަކެއްހެން، "ސްޓާޓް މެނޫ"ގައި ތަތްކުރެވޭ ގޮތަށް މައިކްރޮސޮފްޓް އިން ޑިޒައިންކޮށްފައި ހުރި، އެޕްލިކޭޝަން ސްކްރީންތަކެކެވެ. އެއިން "ޓައިލް" އަކަށް ނުވަތަ މުށިގަނޑަކަށް ފިތާލުމުން، ގުޅުން ހުރި އެޕްލިކޭޝަނެއް ހުޅުވެ އެވެ. ވިންޑޯޒް 8 އިން ފެށިގެން މައިކްރޮސޮފްޓް އިން ތައާރުފުކޮށްގެން އުޅޭ ލައިވް ޓައިލްސްގެ ސަބަބުން، ވިންޑޯޒް ސްޓާޓް މެނޫ ވެފައި ވަނީ މައިކްރޮސޮފްޓް އިން ކުނިއަޅާ ގޮަނޑަކަށެވެ. މައިކްރޮސޮފްޓް އަށް ކަމުދާހާ ސިފައެއް ޖައްސަައި ބޭނުންކުރަން ބުނުމުން، ބޭނުންކުރަން މަޖުބޫރުވި ނަމަވެސް، ހޯބޯނުލަވައި މިހާރު ތިބެވެން ނެތީ އެވެ.

މައިކްރޮސޮފްޓް އިން ވިންޑޯޒް 10 އަށް ގެންނަން އުޅޭ ބަދަލުތަކުގެ ތެރޭގައި، ލައިވް ޓައިލްސްގެ ބަދަލުގައި، ސްޓާޓް މެނޫ އަށް ގެންނާނެ ބަދަލަކާ ބެހޭ ގޮތުން ވާހަކަދެކެވޭ ކަމަށް ވެ އެވެ. ބުނެވޭ ގޮތުގައި، ލައިވް ޓައިލްސް އަކީ މިހާރު މައިކްރޮސޮފްޓް އަށް ވެސް ކަމުދާ ފީޗާއެއް ނޫނެވެ.

ވިންޑޯޒް އެޕްލިކޭޝަންތައް ހުޅުވައި ލެއްޕުމަށް، ލައިވް ޓައިލްސް އަށް ވުރެ ލުއި އެހެނަސް ފަރި ގޮތެއް އާންމު ވެދާނެ ކަމަށް އެބަ ބުނެވެ އެވެ. ވިންޑޯޒް ބޭނުންކުރާ މީހުން ރުހޭ ޑިޒައިންއަކަށް ސްޓާޓް މެނޫ ބެހެއްޓުމަށްޓަކައި، މައިކްރޮސޮފްޓް އިން މަސައްކަތްތަކެއް ކުރާ ކަމަށް ވެސް ބުނެވެ އެވެ.

މައިކްރޮސޮފްޓް ވިންޑޮޒް ފޯނުތަކަށް ކަމުދާނެ ކަމަށް ބަލައި، ތައާރުފުކުރި ލައިވް ޓައިލްސް މެނޫތައް ވިންޑޯޒް އަށް ފުންމާލުމުން، ބޭނުންކުރާ މީހުން ވަރަށް ނަފުރަތުކުރިި އެވެ. ފާޑުކިޔުމުގެ އަޑުގަދަވެ، އެންމެ ފަހުން ވިންޑޯޒްގެ ބައެއް އަދަދުތަކުން ލައިލް ޓައިލްސްތައް ބޭރު ވެސް ކުރި އެވެ. އެހެން ނަމަވެސް އަދި އަދަށް ދާންދެން ވެސް ވިންޑޯޒްގައި ލައިވް ޓައިލްސްތައް ތަތްވެފައި އެބަ ހުއްޓެވެ. އެކަމަކު ވެސް ލައިވް ޓައިލްސްގެ އުނދަގޫ ކުޑަވާން އުޅޭ ކަމަށް އެބަ ބުނެެވެ އެވެ.