Roadha Mihaaru
ޑިޒްނީގެ "ޕިނޯކިއޯ" ރޮބަޓް ޒެމެކިސް އަށް

ޑިޒްނީގެ "ޕިނޯކިއޯ" ޑައިރެކްޓްކޮށްްދޭން ރޮބަޓް ޒެމެކިސް އަށް ހުށަހަޅައިފި

22 އޮކްޓޯބަރ 2019

ޑިޒްނީން ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމު "ޕިނޯކިއާ" ގެ ލައިވް-އެކްޝަން ފިލްމުގެ ޑައިރެކްޝަނާ ކުރިން ހަވާލުވި ސެމް މެންޑޭޒް ފިލްމު ދޫކޮށްލާފައިވާތީ، މީގެ ޑައިރެކްޝަން ރޮބަޓް ޒެމެކިސް އަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑިޒްނީން ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމު "ޕިނޯކިއާ" ގެ ލައިވް-އެކްޝަން ފިލްމުގެ ޑައިރެކްޝަނާ ކުރިން ހަވާލުވި ސެމް މެންޑޭޒް ފިލްމު ދޫކޮށްލާފައިވާތީ، މީގެ ޑައިރެކްޝަން ރޮބަޓް ޒެމެކިސް އަށް ހުށަހަޅައިފި އެވެ.

ވެރައިޓީން ބުނިގޮތުގައި ޑިޒްނީން މިހާރު އަންނަނީ އޭނާއާ މަޝްވަރާތައް ކުރަމުންނެވެ. އަދި ފިލްމަށް ޒެމެކިސް އެއްބަސްވާނެކަމުގެ އުންމީދު ވެސް ވަރަށް ބޮޑެވެ.

އޭނާ މިހާރު އަންނަނީ އަންނަ އަހަރު ރިލީޒްކުރާ ޑާކް ފެންޓަސީ ފިލްމު "ދަ ވިޗެސް" ގެ މަސައްކަތްކުރަމުންނެވެ. "ފޮރެސްޓް ގަމްޕް" އިން 1994 ގައި އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ޒެމެކިސް، 67، އަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި 1988 ގައި ގެނެސްދިން ލައިވް-އެކްޝަން/އެނިމޭޑް ކޮމެޑީ "ހޫ ފްރޭމްޑް ރޮޖާ ރެބިޓް" ހިމެނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން މެންޑޭޒް "ޕިނޯކިއޯ" ދޫކޮށްލުމުން ޑިޒްނީން މި އަހަރުގެ ކުރީކޮޅު "ޕެޑިންޓަން" ގެ ޑައިރެކްޓަރު ޕޯލް ކިންގަށް ވެސް ފިލްމު ހުށަހެޅި އެވެ. އަދި ޑައިރެކްޝަނާ ހަވާލުވާނެ ކަމުގެ ފެހި ސިގްނަލް ދިނުމަށް ފަހު، އޭނާ ވެސް ވަނީ ފިލްމު ދޫކޮށްލައިފަ އެވެ.

"ޕިނޯކިއާ" އަކީ ޑިޒްނީން 1940 ގައި ރިލީޒްކުރި އެނިމޭޓެޑް ފިލްމަށް ބިނާކޮށް ހަދަން ނިންމާފައިވާ ފިލްމެކެވެ. މީގެ ލައިވް-އެކްޝަން ފިލްމެއް ހަދާކަން ޑިޒްނީން އިއުލާންކުރީ 2017 ގަ އެވެ.