Roadha Mihaaru
ޑިޒްނީން "ރޮބިން ހުޑް" ވެސް އަލުން ހަދަނީ

ޑިޒްނީން "ރޮބިން ހުޑް" ވެސް އަލުން ހަދަނީ

12 އެޕްރީލް 2020

މީގެ 47 އަހަރު ކުރިން ޑިޒްނީން ގެނެސްދިން ކާޓޫން ފިލްމު "ރޮބިން ހުޑް" ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 47 އަހަރު ކުރިން ޑިޒްނީން ގެނެސްދިން ކާޓޫން ފިލްމު "ރޮބިން ހުޑް" ލައިވް-އެކްޝަން ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމައިފި އެވެ.

ޑިޒްނީގެ ސްޓްރީމިން ޕްލެޓްފޯމްް ޑިޒްނީ+ އަށް ހަދާ މި ފިލްމު ގެނެސްދޭނީ ލައިވް-އެކްޝަން/ކޮމްޕިއުޓަ-ޖެނެރޭޓެޑް އިމޭޖަރީ (ސީޖީއައި) އާ އެކު ކަމަށް ޑިޒްނީން ބުންޏެވެ. މި ގޮތަށް ޑިޒްނީން އެންމެ ފަހުން ގެނެސްދިން ފިލްމުތަކަކީ މިދިޔަ އަހަރުގެ "ލަޔަން ކިންގް" އާއި "ލޭޑީ އެންޑް ދަ ޓްރޭމްޕް" އެވެ.

ވެރައިޓީން ބުނިގޮތުގައި 1973 ގައި ގެނެސްދިން މިއުޒިކަލް ކޮމެޑީ "ރޮބިން ހުޑް" ގެ ރިމެކެއްގެ ގޮތުގައި ގެނެސްދޭ އިރު، މީގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ 2018 ގައި ގެނެސްދިން ކޮމެޑީ ޑްރާމާ "ބްލައިންޑްސްޕޮޓިން" ގެ ޑައިރެކްޓަރު ކާލޯޒް ލޮޕޭޒް އެސްޓްރާޑާ އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ މި ފަހަރު ލިޔަނީ "ލޭޑީ އެންޑް ދަ ޓްރޭމްޕް" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ކާރީ ގްރަންލަންޑެވެ.

"ރޮބިން ހުޑް" ގެ ޕްރޮޑިއުސަރަކީ ޑިޒްނީގެ "ޑަމްބޯ" އާއި "ޓްރޯން: ލެގަސީ" ގެ ވެސް ޕްރޮޑިއުސަރު ޖަސްޓިން ސްޕްރިންގާ އެވެ.

"ރޮބިން ހުޑް" ގެ ރިމެކް އިއުލާންކުރި ނަމަވެސް ބެލުންތެރިންނާ ހަމައަށް ފިލްމު އަންނާނެ އިރެއް އަދި ނޭނގެ އެވެ.

މީގެ އޮރިޖިނަލް ފިލްމު ޑައިރެކްޓްކުރީ ވުލްފްގަންގް ރެއިދަމަނެވެ. ފަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ރޮބިން ހުޑް" އަކީ ބޮކްސް އޮފީހުގައި 32 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.