Roadha Mihaaru
ޑިޒްނީގެ "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" މާޗް 5 ގައި

ޑިޒްނީގެ "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" މާޗް 5 ގައި

30 ޖެނުއަރީ 2021

ވަރަށް ކާމިޔާބު އެނިމޭޓެޑް ފިލްމުތަކެއް މިހާތަނަށް ގެނެސްދީފައިވާ ޑިޒްނީން މުޅިން އަލަށް ދެކުނު އިރުމަތީ އޭޝިއާގެ ކެރެކްޓާތަކަށް ބިނާކޮށް ހަދާފައިވާ އެނިމޭޓެޑް ފިލްމު "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" އަންނަ މަހު މާޗް މަހު ރިލީޒްކުރާ ގޮތަށް ނިންމައި އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރަށް ކާމިޔާބު އެނިމޭޓެޑް ފިލްމުތަކެއް މިހާތަނަށް ގެނެސްދީފައިވާ ޑިޒްނީން މުޅިން އަލަށް ދެކުނު އިރުމަތީ އޭޝިއާގެ ކެރެކްޓާތަކަށް ބިނާކޮށް ހަދާފައިވާ އެނިމޭޓެޑް ފިލްމު "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" އަންނަ މަހު މާޗް މަހު ރިލީޒްކުރާ ގޮތަށް ނިންމައި އޭގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

ޑޮން ހޯލް އާއި ކާލޯޒް ލޮޕޭޒް އެސްޓްރާޑާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކިޔައި ދޭނީ ރާޔާ ކިޔާ ވަރުގަދަ ވޮރިއާ ޕްރިންސެސްއެއްގެ ވާހަކަ އެވެ. އޭނާ އަށް ކުރިމަތިވާ މައްސަލަތަކާއި ގޮންޖެހުންތަކުން ސަލާމަތްވާން ކުރާ މަސައްކަތްތައް "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" އިން ފެނިގެން ދާނެ އެވެ.

މީގެ ޓައިޓްލް ކެރެކްޓާ އަށް އަޑުއަޅާ ދީފައި ވަނީ ކެލީ މާރީ ޓްރާން އެވެ. ވޮއިސްއޯވާ ހަދާފައިވާ އިތުރު ފަންނާނުންގެ ތެރޭގައި އޭޝިއާ ދަރިކޮޅުގެ ފަންނާނުން ގިނަ އެވެ. އޭގެ ތެރޭގައި އޯކްވަފިނާ، ގެމާ ޗަން، ޑެނިއަލް ޑޭ ކިމް، ސަންޑްރާ އޯ، ބެނެޑިކްޓް ވޮންގް އަދި ލުސިލީ ސޫންގް ހިމެނެ އެވެ.

ޑިޒްނީން ބުނީ "ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން" މާޗް މަހުގެ 5 ގައި ސިނަމާތަކަށް ގެންނަ އިރު، ހަމަ އެ ދުވަހު ފިލްމު ޑިޒްނީ ޕްލަސް އިން ވެސް ޕްރިމިއާކުރާނެ ކަމަށެވެ.