24 އޮކްޓޯބަރ 2019
ޖަލު ބަންދުގައި ތިބޭ މީހުންނަށް ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ދިގު ކުރެވޭ ގޮތަށް ކަރެކްޝަނަލް ސާވިސުން ހަމަޖައްސައިފި އެވެ.
ޖަލު ބަންދުގައި ތިބޭ މީހުންނަށް ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ދިގު ކުރެވޭ ގޮތަށް ކަރެކްޝަނަލް ސާވިސުން ހަމަޖައްސައިފި އެވެ.
އެ އިދާރާގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަންޖެހޭ ގޮތުގެ އުސޫލުގައި ކުރިން އޮންނަ ގޮތުން، ފިރިހެނުންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދެ ސެންޓި މީޓަރަށް ވުރެ ދިގު ނުކުރެވޭނެ އެވެ. އަދި މަތިމަސް ވެސް ހުންނަން ޖެހޭނީ ތުނިކޮށް ކޮށާފައި ނުވަތަ ބާލައިފަ އެވެ.
އެކަމަކު، އެ އުސޫލަށް އިއްޔެ ގެނައި އިސްލާހުގައި، ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ދެ ސެންޓި މީޓަރަށް ވުރެ ދިގު ނުކުރެވޭ ގޮތަށް އޮތް ބައިގެ ބަދަލުގައި މިހާރު ހަމަޖައްސާފައިވަނީ އިސްތަށިގަނޑާއި ތުނބުޅި އަދި މަތިމަސް ސާފުތާހިރުކޮށް ބަހައްޓަންޖެހޭ ގޮތަށެވެ.
މީގެ އިތުރުން، އަންހެން ގައިދީންގެ ބޮލުގެ އިސްތަށިގަނޑު ކޮނޑު ހުޅަށް ވުރެ ކުރު ނުވާނެ މިންވަރަށް ކޮށުމުގެ ފުރުސަތު ލިބޭ ގޮތަށް އޮތް ބައި އެ އުސޫލުން މިހާރު ވަނީ އުނިކޮށްފަ އެވެ.
ޖަލުތަކާއި ޕެެރޯލްގެ ގާނޫނުގެ ދަށުން، ކަރެކްޝަންސްގެ ދަށުން ހިންގަނީ ހުކުމް ތަންފީޒު ކުރާ މީހުން ބައިތިއްބާ އާންމު ޖަލުތަކާއި ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބައިތިއްބާ ރިމާންޑް ޖަލުތަކެވެ. ކަސްޓޯޑިއަލް ޖަލުތައް ބަލަހައްޓަނީ ފުލުހުންނެވެ.
ޖަލަށް ޑްރަގާއި ފޯނު ވައްދާ ބޮޑު ނެޓްވޯކެއް!
ޖަލުން ކުރާ ހުރިހާ ފޯން ކޯލެއް މިހާރު މޮނިޓަކުރެވޭނެ
ޖަލަށް ފޯނެއް ވެއްދުމުގެ ފެށޭ އަގު: 10،000ރ.
ގައިދީންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭ ގޮތް ހަދައިފި
ޖަލުގައި ހިނގި ކަންކަން ހަމައަކަށް އެޅިއްޖެ: މުނާޒް
ޖަލުތަކުގެ އިސްލާހު "ވާނުވާގައި"، ހިތްހަމަނުޖެހުން!
ރާވާ ޖަލުގެ ސާމާނު ކާށިދޫ ވަލުތެރެއަށް ދޫކޮށްލާފައި!
ރާވައިލެވޭ ޖަލެއް ގެނަޔަސް ބޭނުމެއް ނުކުރޭ: އުމަރު
ގައިދީންނާ ހަވާލުވާން ފަށައިފިން: ކަރެކްޝަންސް
ޖަލުގެ އޮފިސަރުން ގައިދީންނަށް އަނިޔާކޮށް ބޯ ބޭލުވި