28 އޮކްޓޯބަރ 2019
ޓްރާންސްޕޯޓް މިނިސްޓްރީން މުވައްޒަފުންތަކެއް ވަކި ކުރަން ނޯޓިސް ދިނުމުގައި ގާނޫނާއި ގަވައިދާ ހިލާފަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް މިނިސްޓަަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މުވައްޒަފުންތަކެއް ވަކި ކުރަން ނޯޓިސް ދިނުމުގައި ގާނޫނާއި ގަވައިދާ ހިލާފަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް މިނިސްޓަަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ނަހުލާ މިގޮތަށް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްްޒަފުންތަކެއް ވަކިކުރަން ނޯޓިސް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބަލައިދިނުމަށް މުވައްޒަފުންތަކެއް ހުށަހެޅި މައްސަލައިގައި ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މައްސަލަ ދިރާސާ ކުރުމަށް ފަހު ޓްރާންސްޕޯޓް އޮތޯރިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރި އެވެ. އެ ބައްދަލުވުމަށް މިނިސްޓަރު ވަޑައިގެންނެވީ އަމިއްލަފުޅަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސުވާލު ކުރައްވަމުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި 11 މުވައްޒަފުންނާ ކޮމިޓީން ބައްދަލުކޮށްފައިވާ ކަމަށެވެ. ނާޒިމް ކުރެއްވި އެއް ސުވާލަކީ ވަކި ކުރި މީހުންނަށް ސިވިލް ސާވިސް ގަވައިދު ބުނާ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށްފައި ވޭތޯ އެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ޓްރާސްންޕޯޓް މިނިސްޓްރީގެ އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުގައި އޮންނަ އެއްވެސް އޮފީހެއް އެއްވެސް މުއައްސަސާއެއްގެ އެއްވެސް ބޭފުޅަކަށް ގާނޫނާ ގަވައިދާ އަދި ސިވިލް ސާވިސް މުވައްޒަފެއް ނަމަ އެތަނެއްގައި އޮންނަ ސިވިލް ސާވަންޓުންނާ މެދު އަމަލުކުރަން ޖެހޭ ގަވާއިދުތަކާ ހިލާފަށް ފިޔަވަޅެއްް ނާޅާނެކަން. އަދި ކުރިއަށް އޮތް ތާނގައި ވެސް ނާޅާނެ ކަން އަޅާފައެއް އަދި ނުވާނެ ކަން،" ނަހުލާ ވިދާޅުވި އެވެ.
މުވައްޒަފުންނާ ބެހޭ ގޮތުން ނާޒިމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޭފުޅުން އެދިވަޑައިގަތުމަށް ކޮމިޓީ ސިއްރު ކުރީ އެވެ. އެހެންވެ، އެ ކޮމިޓީގެ މިއަދުގެ ނިންމުންތައް އަދި ނޭނގެ އެވެ.
ޓްރާންސްޕޯޓުގެ މުވައްޒަފުންތަކެއް ވަކިކުރަން ނޯޓިސް ދީފައި ވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ފަރުވާކުޑަ ކުރާ މުވައްޒަފުންނާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެ އެކަމުގެ ޕްރެޝަރު އޭނާ އަށް ބޮޑުވެފައި ވަނިކޮށެވެ.
ޓްރާންްސްޕޯޓުން ކުރިން ބުނެފައިވާ ގޮތުގައި ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓަކަށް ބެލުމަށް ފަހުގައި ކަމަށެވެ.
މާލޭގައި ބަސްދަތުރުނުފެށެނީ ބަަޖެޓް ނުލިބޭތީ: މިނިސްޓަރު
ވިލާއާ ގުޅޭ ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ: ނަހުލާ
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
ސިފައިންގެ އުޅަނދުތައް ފުލުހުން ޗެކްކުރާ ސަބަބު ހޯދަނީ
ޓެކްސީ ޑްރައިވަރުންނަށް ސަރުކާރުން އެހީވާނެ: ނަހުލާ
މަސައްކަތް ނުފެންނަނީ ފޮޓޯނުނަގާތީ ކަމަށްވެދާނެ: ނަހުލާ
ނަހުލާ ކޮމިޓީއަށް ހާޒިކުރަން ޖާބިރު އެދިވަޑައިގެންފި
ޓްރާންސްޕޯޓު މުވައްޒަފުންނަށް ނޯޓިސް ދިން މައްސަލަބަލަނީ
ޕާކިން ސިސްޓަމްތައް ހުރީ ބާ ދަގަނޑަށްވެފައި: އައިޝާ