01 ނޮވެމްބަރ 2019
ސީރިއާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން 134 ދިވެއްސަކު ތުރުކީ ސަރުކާރުން ބްލެކް ލިސްޓް ކޮށްފައިވާ އަލްޖަޒީރާ އިން ބުނެފި އެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން 134 ދިވެއްސަކު ތުރުކީ ސަރުކާރުން ބްލެކް ލިސްޓް ކޮށްފައިވާ އަލްޖަޒީރާ އިން ބުނެފި އެވެ.
ސީރިއާގައި ހިނގަމުންދާ ހަނގުރާމާގައި ބައެއް ދިވެހިން ބައިވެރިވަމުން ދާއިރު، ބައެއް ދިވެހިން މިހާރު ވަނީ ހަނގުރާމަ ކުރަނިކޮށް މަރުވެފަ އެވެ. އާންމު ގޮތެއްގައި އެފަދަ ދިވެހިން ސީރިއާއަށް އެތެރެވަނީ ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރު ހުރަސްކޮށެވެ.
ރާއްޖޭގައި ދީނީ ހައްދުފަހަނައަޅައި ދިއުން އޮތް މިންވަރާ ބެހޭގޮތުން އަލްޖަޒީރާ އިން ރޭ ނެރުނު ޑޮކިއުމެންޓްރީގައި ބުނާގޮތުން ސީރިއާގައި ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ދާން އުޅުނު ކަމަށް ތުހުމަތު ކުރެވޭ 25 އަށް ވުރެ ގިނަ ދިވެހިން ޑީޕޯޓް ކޮށްފައިވާ ކަމަށް ތުރުކީ ސަރުކާރުގެ އޮފިޝަލުން ބުނެ އެވެ. އަދި 134 ދިވެއްސަކު ތުރުކީ ސަރުކާރުގެ ބްލެކް ލިސްޓްގައި އެބައޮތް ކަމަށް ވެސް އެ ޑޮކިއުމެންޓްރީގައި ބުންޏެވެ.
ހަނގުރާމައަށް ދިޔަ ކަމަށް ބުނެ ބައެއް ދިވެހިންގެ މައްޗަށް މީގެކުރިން ރާއްޖޭގެ ކޯޓުތަކުގައި ދައުވާ ވެސް ކުރި އެވެ. އެކަމަކު މިހާތަނަށް އެފަދަ އެއްވެސް ދައުވާއެއް ސާބިތެއް ނުވެ އެވެ.
ސީރިއާގެ ހަނގުރާމައާ ގުޅިގެން ބައެއް ދިވެހިން ބްލެކް ލިސްޓް ކުރިއިރު، ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ސީރިއާގެ ހުރިހާ ސަރަހައްދުތަކަކީ ވެސް ހަނގުރާމަވެރި ސަރަހައްދުތަކެއް ކަމަށް ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، ސަރުކާރުގެ ހުއްދަ ނެތި ސީރިއާގެ އެއްވެސް ތަނަކަށް ދަތުރުކުރުން ދިވެހިންނަށް މިހާރު މަނާވާނެ އެވެ.
ޓެރަރިޒަމްގެ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހު އޮތްގޮތުން ހަނގުރާމާގައި ބައިވެރި ނުވިޔަސް، ހަނގުރާމަވެރި ސަރަހައްދަކަށް ސަރުކާރުގެ ހުއްދަ ނެތިހިނގައްޖެ ނަމަ، ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލެވޭނެ އެވެ.
އޮޅުވާލައިގެން ހަނގުރާމައަކަށް، ހަޔާތް މުސީބާތަކަށް!
ސީރިޔާގެ އައިއެސް ލީޑަރު މަރާލައިފިން: ތުރުކީ
ސީރިއާގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ
ހަރުކަށި ފިކުރު ފެތުރޭ ރަށްތައް ހޯދިއްޖެ: މިނިސްޓަރު
ހަނގުރާމައަށް ދިޔަ ދިވެއްސަކު ތުރުކީން އަތުލައިގެންފި
ނައިޓް ކްލަބަށް ހަމަލާ ދިން މީހާ އަތުލައިގެންފި
ތުރުކީ ޓެރަރިސްޓުންގެ އަމާޒަކަށް ވީ ކީއްވެ؟
ތުރުކީން އިރާގާއި ސީރިއާގައި ކުރުދީންނަށް ހަމަލާ ދީފި
ތުރުކީގައި ޓެރަރިސްޓު ހަމަލާއެއްދީ ބަޔަކު މަރާލައިފި
ތުރުކީން އައިސިސްގެ 147 މީހަކު ހައްޔަރުކޮށްފި