ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އައި ޕީކޭކޭ ޖަމާއަތުން 40 އަހަރަށް ފަހު ހަމަލާތައް ހުއްޓާލައި ހަތިޔާރު ބަހައްޓައި އަދި އެ ޖަމާއަތް އުވާލަން ނިންމިކަން މިއަދު އިއުލާނުކޮށްފި އެވެ.
ތުރުކީ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އައި ޕީކޭކޭ ޖަމާއަތުން 40 އަހަރަށް ފަހު ހަމަލާތައް ހުއްޓާލައި ހަތިޔާރު ބަހައްޓައި އަދި އެ ޖަމާއަތް އުވާލަން ނިންމިކަން މިއަދު އިއުލާނުކޮށްފި އެވެ.
އެ ޖަމާއަތުން މިކަން އިއުލާނުކުރީ ޖަލަށް ލާފައިވާ ލީޑަރު އަބްދުﷲ އޮކަލަން އެކަމަށް ގޮވާލުމާ ގުޅިގެންނެވެ.
"ލީޑަރުގެ ގޮވައިލެއްވުމާ އެއްގޮތަށް، ސުލްހަ ގާއިމުކުރުމަށާއި ޑިމޮކްރެޓިކް މުޖުތަމައެއް ބިނާކުރުމަށް އަހަރެމެން މިއަދުން ފެށިގެން ހަމަލާތައް ހުއްޓާލިކަން އިއުލާނުކުރަން،" ޕީކޭކޭގެ އެގްޒެކެޓިވް ކޮމިޓީން ނެރުނު ބަޔާނަކާ ހަވާލާދީ، އެ ޖަމާއަތަށް ތާއީދުކުރާ އޭއެންއެފް ނިއުސް އެޖެންސީން ބުންޏެވެ.
"އެ ގޮވާލެއްވުމުގައިވާ ގޮތަށް އެއްބަސްވެ، އަޅުގަނޑުމެން ބުނަނީ ތަބާވެ އަމަލު ކުރާނެ ކަމަށް،" ކޮމިޓީން ބުންޏެވެ.
ތުރުކީ، އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަން އިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޕީކޭކޭ އިން 1984 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން ދަނީ ތުރުކީގެ 85 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 20 ޕަސެންޓް ހިއްސާކުރާ ކުރުދީންނަށް ވަކި ދައުލަތެއް އުފެއްދުމަށެވެ.
މި ހަނގުރާމަވެރި އަމަލުތަކުގެ ސަބަބުން 40،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވާއިރު 1999 ވަނަ އަހަރު އޮކާލަން ޖަލަށްލި ފަހުން ސުލަހް ގާއިމުކުރެވޭތޯ އެކި ފަހަރުމަތިން މަސައްކަތްކޮށްފައިވެ އެވެ.
ސުލްހައިގެ މަޝްވަރާތަކުގެ އެންމެ ފަހު ބުރު 2015 ވަނަ އަހަރު ނާކާމިޔާބު ވުމަށް ފަހު، ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސުލްހައިގެ މަސައްކަތް އަލުން ފެށުމުގެ އިޝާރާތެއް ދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ވަކި ރަށެއްގައި ހަދާފައިވާ ޖަލެއްގައި ބަންދުކޮށްފައިވާ އޮކާލަންއާ އެކު ބޭއްވި އެތައް ބައްދަލުވުމަކަށް ފަހު، ކުރުދީންނަށް ތާއީދުކުރާ ޑީއީއެމް ޕާޓީން ބުރާސްފަތި ދުވަހު ވަނީ ޕީކޭކޭގެ ހަތިޔާރު ބަހައްޓައި، އެ ޖަމިއްޔާ އުވާލިކަން އިއުލާން ކުރުމަށް ކޮންގްރެސްއެއް ބާއްވަން އެދިފަ އެވެ.
ތުރުކީން އިރާގާއި ސީރިއާގައި ކުރުދީންނަށް ހަމަލާ ދީފި
ތުރުކީގައި ޓެރަރިސްޓު ހަމަލާއެއްދީ ބަޔަކު މަރާލައިފި
ތުރުކީން އައިސިސްގެ 147 މީހަކު ހައްޔަރުކޮށްފި
އޮޅުވާލައިގެން ހަނގުރާމައަކަށް، ހަޔާތް މުސީބާތަކަށް!
ސީރިޔާގެ އައިއެސް ލީޑަރު މަރާލައިފިން: ތުރުކީ
އިސްތަންބޫލްގައި ބޮމެއް ގޮއްވާލައި 6 މީހުން މަރާލައިފި
ސީރިއާގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ
ތުރުކީގެ ބްލެކްލިސްޓްގައި 134 ދިވެހިން ހިމެނޭ
"އިޒްރޭލަކީ ލޭ އޮހޮރުވާ ޓެރަރިސްޓް ދައުލަތެއް"
ހަރުކަށި ފިކުރު ފެތުރޭ ރަށްތައް ހޯދިއްޖެ: މިނިސްޓަރު