Roadha Mihaaru
ރިގްސް ބޮޑީ ސްޕްރޭ ރާއްޖެއަށް ތައާރަފްކޮށްފި

ރިގްސް ބޮޑީ ސްޕްރޭ ރާއްޖެއަށް ތައާރަފްކޮށްފި

02 ނޮވެމްބަރ 2019

އިނގިރޭސިވިލާތުގެ ބްރޭންޑެއް ކަމަށްވާ ރިގްސް ބޮޑީ ސްޕްރޭ، ޕޮއިޒް އިން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިނގިރޭސިވިލާތުގެ ބްރޭންޑެއް ކަމަށްވާ ރިގްސް ބޮޑީ ސްޕްރޭ، ޕޮއިޒް އިން ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

މި ބްރޭންޑް ތައާރަފްކުރަން މިދިޔަ ބުރާސްފަތިދުވަހު ވަނީ ޕޮއިޒް ފިހާރައިގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

ފިރިހެނުންނަށް ހާއްސަ ރިގްސް ބޮޑީ ސްޕްރޭގެ ތަފާތު އެކި ރޭންޖްތައް ޕޮއިޒްގެ ފިހާރަތަކުން މިހާރު ލިބޭނެ އެވެ. މި ބޮޑީ ސްޕްރޭގެ ރޭންޖްތަކުގައި ހިމެނެނީ އެކި ވަގުތުތަކަށް ހާއްސަ ކުރެވިފައިވާ ވަސްތަކެވެ.

ޔޫރަޕުގެ ގައުމުތަކުގައި ވެސް މަޝްހޫރު މި ބޮޑީ ސްޕްރޭ އަކީ ޕޮއިޒްގެ ބޮޑީ ސްޕްރޭ ބްރޭންޑުތަކަށް އިތުރުވި ބޮޅެއް ކަމަށް އެ ފިހާރައިން ބުންޏެވެ.

"އޮފީސްތަކަށް ވަޑައިގަންނަވާ ބޭފުޅުންނަށް އަދި ކުޅިވަރު ކުޅުއްވާ ބޭފުޅުންނަށް އާންމު ދިރިއުޅުމުގެ ގަޑީގައި ބޭނުން ކުރަން ވަރަށް ތަފާތު މީރުވަސްތަކުގެ ރޭންޖްތައް ހިމެނޭނެ. މި ބޮޑީ ސްޕްރޭގެ ރޭންޖުތަކުގެ ތެރޭގައި ގަދަ ވަސްތަކާއި މަޑުމަޑު މީރު ވަސްތައް ވެސް ހިމެނޭނެ،" ޕޮއިޒް ގެ އޮފިޝަލަކު ބުންޏެވެ.

ޕޮއިޒް ފިހާރަ އިން ދިވެހިންނަށް ކޮލިޓީ، މީރުވަސް ދުވާ ސެންޓް، ބޮޑީ ސްޕްރޭ ވަރަށް ހާއްސަ އަގުތަކެއްގައި ގެނެސްދެ އެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ޒީރޯ ޕަސެންޓް ގޭސް، ބޮޑީ ސްޕްރޭ ތައާރަފް ކުރީ ވެސް ޕޮއިޒް އިންނެވެ. އެއީ ދުނިޔޭގެ މަޝްހޫރު ފޮގް ބްރޭންޑްގެ ބޮޑީ ސްޕްރޭ އެވެ.