Roadha Mihaaru
ޕްރިންސް ފިލިޕް އަނެއްކާވެސް އެޑްމިޓްކޮށް ފަރުވާދެނީ

ޕްރިންސް ފިލިޕް އަނެއްކާވެސް އެޑްމިޓްކޮށް ފަރުވާދެނީ

18 ފެބުރުއަރީ 2021

އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިިލިޕްގެ ސިއްހީ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަނެއްކާވެސް ފަރުވާދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިިލިޕްގެ ސިއްހީ ހާލުކޮޅު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް އަނެއްކާވެސް ފަރުވާދޭން ފަށައިފި އެވެ.

ޝާހީ އާއިލާ އިން ބުނީ 99 އަހަރުގެ ފިލިޕްސް ލަންޑަންޑް ކިންގް އެޑްވަޑް 7 ހޮސްޕިޓަލްގައި އަންގާރަ ދުވަހުގެ ވަގުތެއްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދިޔަ ނަމަވެސް ސިއްހީ ހާލަތާ މެދު މި ވަގުތު ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. އަދި އެޑްމިޓްކުރީ މާ ބޮޑަށް ވަރުދެރަވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ބުންޏެވެ.

ބަކިމްހަމް ޕެލަސް އިން ބުނި ގޮތުގައި ފިޕިލްގެ ސިއްހީ ހާލަތު ދެރަވުމާއި ކޮވިޑް-19އާ ވެސް އެއްވެސް ގުޅުމެއް ނެތެވެ. މިދިޔަ މަހު ރާނީ އާއި ފިލިޕް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައިވެ އެވެ.

"ދުވަސްކޮޅަށް ފިލިޕް ހޮސްޕިޓަލްގައި އޮބްޒަވޭޝަންގައި އޮންނަވާނެ،" ބަކިމްހަމް ޕެލަސް އިން ބުންޏެވެ.

މި ފަހަކަށް އައިސް ފިލިޕްގެ ސިއްހީ ހާލަތު ދޭތެރެ ދޭތެރެ އިން ގޯސްވާތީ ވަރަށް އަވަސް އަވަހަށް ފަރުވާދޭން ޖެހިފައިވެ އެވެ. އެގޮތުން 2019 ގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ.

ޕްރިންސް ޕިލިޕަކީ ޕްރިންސް ޗާލްސްގެ ބައްޕާފުޅެވެ. އަދި އެއީ ޕްރިންސް ވިލިއަމާއި ހެރީގެ ކާފާފުޅެވެ.