އިނގިރޭސި ރާނީ އެލިޒަބަތާއި ފިރިކަލުން ފިލިޕް ކޮވިޑް-19 ގެ ވެކްސިން ޖައްސަވައިފި އެވެ.
11 ޖެނުއަރީ 2021
އިނގިރޭސި ރާނީ އެލިޒަބަތާއި ފިރިކަލުން ފިލިޕް ކޮވިޑް-19 ގެ ވެކްސިން ޖައްސަވައިފި އެވެ.
މިކަން ކަށަވަރުކޮށް ދެމުން ބަކިމްހަމް ޕެލަސް އިން ބުނީ ރާނީ، 94، އާއި ފިލިޕް، 99، ކޮވިޑް ވެކްސިން ޖެއްސެވީ ހޮނިހިރު ދުވަހު ވިންޑްޒާ ކާސަލްގައި ކަމަށެވެ.
ޝާހީ އާއިލާގެ ބޭފުޅުންގެ ސިއްހީ ކަންކަމާ ބެހޭ މައުލޫމާތު އާންމުކޮށް ހާމަނުކުރި ނަމަވެސް، ކޮވިޑް ވެކްސިން ރާނީ އާއި ފިރިކަލުން ޖެއްސެވިކަން ހާމަކޮށް ބުނެފައި ވަނީ ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ގެންދިޔައި ޝާހީ އާއިލާގެ ޑޮކްޓަރުންގެ ޓީމްގެ ބެލުމުގެ ދަށުން ކަމަށެވެ. ނަމަވެސް ދެކަނބަލުން ޖެއްސެވީ ކޮވިޑްގެ ކޮން ވެކްސިނެއް ކަމެއް ބަކިންހަމް ޕެލަސް އިން ހާމައެއްނުކުރެ އެވެ.
އިނގިރޭސިވިލާތުގައި ފައިޒާ އާއި އޮކްސްފޯޑްގެ ވެކްސިނަށް ކުރިން ހުއްދަ ދީ، ވެކްސިން ދިނުމުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި ފަށާފައިވާ އިރު، އެ ގައުމުގައި މިދިޔަ ހުކުރު ދުވަހު ވަނީ މޮޑާނާގެ ވެކްސިނަށް ވެސް ހުއްދަ ދީފަ އެވެ.
ޝާހީ އާއިލާގެ އެންމެ އިސް ދެ ބޭފުޅުން ކޮވިޑްގެ ވެކްސިން ޖެއްސެވި އިރު، އެ އާއިލާގެ ދެ ބޭފުޅަކު މިދިޔަ އަހަރު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ވެސް ހޯއްދެވި އެވެ. އެއީ ރާނީގެ ދޮށީ ދަރިކަލުން ޕްރިންސް ޗާލްސް އާއި މާމަދަރިކަލުން ޕްރިންސް ވިލިއަމެވެ.
ރާނީ މާސްކް އަޅުއްވައިގެން.
ޝާހީ އާއިލާގެ ބޭފުޅުން ގެންދަވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެ ގައުމުގެ ސިއްހީ ދާއިރާގެ މުވައްޒަފުން ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ހިތްވަރު ދެއްވައި މަސައްކަތް ކުރިއަށް ގެންދާ ގޮތާ ބެހޭ މައުލޫމާތު ވެސް ސާފުކުރައްވަމުންނެވެ.
އިނގިރޭސުވިލާތް މި ވަގުތު އޮތީ ކޮވިޑްގެ އާ ވޭރިއަންޓަކާ ހެދި ހަރުކަށި ލޮކްޑައުންގަ އެވެ. މިކަމާ ގުޅިގެން ބަކިންހަމް ޕެލަސްގެ މި އަހަރުގެ ގާޑަން ޕާޓީތައް ވެސް ނުބާއްވަން ވަނީ ނިންމައިފަ އެވެ.
ޕްރިންސް ފިލިޕް އަނެއްކާވެސް އެޑްމިޓްކޮށް ފަރުވާދެނީ
ޕްރިންސް ޗާލްސްގެ އޯގެނިކް ފާމިން ހުއްޓުމަކަށް
ޕްރިންސް ފިލިޕް އެޑްމިޓްކޮށް، ފަރުވާދެނީ
ޕްރިންސް ފިލިޕް ލައިސަންސް ދޫކޮށްލައްވައިފި
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
ރާނީގެ 95 ވަނަ އުފަން ދުވަހަށް ހާއްސަ ކޮއިނެއް
ޝާހީ އާއިލާގެ ދަތުރުތަކަށް 5.3 މިލިއަން ޕައުންޑް
ކޮވިޑަށްފަހު އަދިވެސް ރަނގަޅަށް ވަހެއް ނުދުވާ: ޗާލްސް
ޕްރިންސް ހެރީ އަށް ބާގަ ކިންގުން ވަޒީފާއެއް!
ޝާހީ އާއިލާ ބޮޑު ބައްދަަލުވުމަކަށް