28 ސެޕްޓެމްބަރ 2016
ބިޑަށް ލާފައިވާ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު، އެތަން މިހާރު ވެސް ހިންގަމުން އަންނަ ބިޒް އެޓޯލްއާ ހަވާލުކުރަން އެދި ސްކޫލުގެ ބެލެނިވެރިން ޕެޓިޝަނެއް ތައްޔާރުކޮށްފި އެވެ.
ބިޑަށް ލާފައިވާ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލު، އެތަން މިހާރު ވެސް ހިންގަމުން އަންނަ ބިޒް އެޓޯލްއާ ހަވާލުކުރަން އެދި ސްކޫލުގެ ބެލެނިވެރިން ޕެޓިޝަނެއް ތައްޔާރުކޮށްފި އެވެ.
ހުޅުމާލޭގައިި ހުންނަ ލާލޭ ސްކޫލު ހިންގުމުގެ މުއްދަތު ހަމަވާތީ އެތަން ބިޑަށް ލާފައިވަނީ މި މަހުގެ ކުރީކޮޅު އެވެ. އަދި އަންނަ މަހުގެ 20 އާ ހަމައަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ފަސް ވަރަކަށް ފަރާތުން އެކަމަށް ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ.
އެކަމަކު 500 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އެ ސްކޫލުގެ ގިނަ ބެލެނިވެރިން ބޭނުންވަނީ ސްކޫލުގެ ހިންގުން އަނެއްކާވެސް ތުރުކީގެ ބިޒް އެޓޯލްއަށް ދޭށެވެ.
އެކަމަށް އެދި އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާ ޕެޓިޝަނުގައި ސްކޫލުގެ ގިނަ ބެލެނިވެރިންތަކެއް މިހާރު ވަނީ ސޮއިކޮށްފަ އެވެ.
ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ލާލޭގެ ބެލެނިވެރިއަކު ބުނީ އެ ސްކޫލުގައި ކިޔަވައިދެމުން އަންނަނީ ރާއްޖޭގެ އެހެން ސްކޫލުތަކާ މުޅިން ތަފާތުކޮށް ކަމަށެވެ. އަދި އަށް އަހަރު ދުވަހުގެ ތެރޭގައި އެ ސްކޫލަށް ލިބުނު ފަދަ ކާމިޔާބީއެއް މިހާތަނަށް އެހެން ސްކޫލަކަށް ހޯދިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެހެން ސްކޫލުތަކުގައި ޓީޗަރުން ދަރިވަރުން ގާތު ބުނާނީ ނަމާދަށް ދާށޭ. އެކަމަކު މި ސްކޫލުގައި ޓީޗަރުން ނަމާދަށް އަރާނީ ދަރިވަރުން ގޮވައިގެން. ކިޔެވުމާއި އަހުލާގާއި ވަސީލަތުގެ ގޮތުން ބެލި ނަމަވެސް ކިތަންމެ ތަފާތުތަކެއް މި ސްކޫލުން ފެންނާނެ،" ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ސްކޫލާ ބެހޭ ގޮތުން ބެލެނިވެރިޔާ ބުންޏެވެ.
ލާލޭ ސްކޫލު ބިޒް އެޓޯލްއަށް ދިނުމަށް ބެލެނިވެރިން ބޭނުންވާ އަނެއް ސަބަބަކީ އަހަރުގެ ބާކީ އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އެހެން ބަޔަކާ ސްކޫލު ހަވާލުކޮށްގެން އަންނަ އަހަރުގެ ކިޔެވުން ފެށެންވާ އިރަށް ތައްޔާރު ނުވެދާނެތީީ އެވެ.
އެ ބެލެނިވެރިޔާ ބުނީ ބީލަމުގެ ތެރޭން ސްކޫލު ހިންގާނެ ބަޔަކު އެޑިއުކޭޝަން މިނިސްޓްރީއަށް ހޯދޭނީ މި އަހަރު ފަހުކޮޅު ކަމަށާއި އެ ހޮވޭ ބަޔަކަށް ސްކޫލަށް ބޭނުންވާނެ ފަރުނީޗަރާއި އެހެން ވަސީލަތްތައް ހޯދަން ވަގުތު ބޭނުންވާނެ ކަމަށެވެ. އެހެންވެ، އަންނަ އަހަރުގެ ކިޔެވުން ފެށޭއިރު އެ ތައްޔާރީތައް ނުވެ ހުރެއްޖެ ނަމަ އޭގެ ގެއްލުން ދަރިވަރުންނަށް ފޯރާނެ ކަމަށް ވެސް ބެލެނިވެރިންގެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.
"އާ ބަޔަކު ސްކޫލާ ހަވާލުވާ ނަމަ ޔުނީފޯމާއި ހުރިހާ ކަމެއް ވެސް އާ ވާނެ. އެ ހުރިހާ ކަމެއް ނިންމަން އެ މީހުންނަށް ވެސް އަދި އަޅުގަނޑުމެންނަށް ވެސް ވަގުތު ބޭނުންވާނެ،" ބެލެނިވެރިޔާ ބުންޏެވެ.
އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮންމެ ބަޔަކާ ސްކޫލު ހިންގަން ހަވާލުކުރި ނަމަވެސް އަންނަ އަހަރުގެ ކިޔެވުން ފެށެން ވާއިރަށް އެ ތައްޔާރީތައް ނިމޭނެ ކަމަށެވެ.
ލާލޭ ސްކޫލުގެ ބެލެނިވެރިންގެ މި ޕެޓިޝަނުގައި ސޮއިކުރަން ބޭނުން ނުވާ ބެލެނިވެރިން ވެސް އެބަ ތިއްބެވެ. ޕެޓިޝަންގައި އެމީހުން ސޮއިނުކުރާ ސަބަބު އޮޅުން ފިލުވަމުން އަންނަ ކަމަށް، ޕެޓިޝަން ތައްޔާރުކުރި ބެލެނިވެރިން ބުނެ އެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ އިމާރާތްކުރި ސްކޫލް، ބިޒް އެޓޯލްއާ 2008 ގައި ހަވާލުކުރީ، އެ ކުންފުނީގެ އަމިއްލަ ސްކޫލެއް އިމާރާތްކުރެވެންދެން ފަސް އަހަރުގެ މުއްދަތަކަށެވެ. އެކަމަކު އެންމެ ފުރަތަމަ އެއްބަސްވުމުގެ މުއްދަތު 2013 ގައި ހަމަވުމުން އަނެއްކާވެސް އެޑިއުކޭޝަނުން ވަނީ އާކޮށްފަ އެވެ.
ކްލާސްތަކަށް ވަކިން ވައިބާގްރޫޕްތައް ނުހަދަން އަންގައިފި
ޓީޗަރުންނާއި، ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތަކެއް
ގޭގައި ކިޔަވައިދޭއިރު ބެލެނިވެރިން ވިސްނަންވީ ކަންތައް
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
ސްކޫލަށް ނުދާތާ ހަ މަސް، ކުދިންގެ އުޅުމަށް ބަދަލު!
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް
ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟
ދަރިވަރުން ބެހި ގޮތުން ބެލެނިވެރިން ހިތްހަމަނުޖެހިފައި!