ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފަށް މިއަދު އަރުވައިފި އެވެ.
13 ނޮވެމްބަރ 2023
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފަށް މިއަދު އަރުވައިފި އެވެ.
ހާރިޖީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވުމަށް ފަހު ވަކިވެވަޑައިގަންނަވާ ބޭފުޅުންނަށް މި ޝަރަފު ދެއްވާ މިއީ ފުރަތަމަ ފަހަރެވެ.
މިއަދު މި ޝަރަފު އެރުވި ބޭފުޅުންގެ ތެރެއިން ހަލީލަކީ ފޮރިން ސާވިސް ދާއިރާގައި 41 އަހަރު ހިދުމަތް ކުރެއްވުމަށް މަގާމުން ވަކިވެވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ހާރިޖީ ހިދުމަތާ ގުޅިވަޑައިގަތީ 22 ޑިސެންބަރު 1981 ގަ އެވެ.
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިނގިރޭސި ސެކްރެޓެރީގެ މަގާމުން ފެއްޓެވި ހިދުމަތް، އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވަނީ އދ.ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގަ އެވެ. އޭނާ ވަނީ ނިއު ޔޯކުގައި 17 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވުމަށް ފަހު، ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމު ހަތް އަހަރު ދުވަހު ފުރުއްވި އެވެ. އަދި އޭގެ ފަހުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓެރީ، ބައިލެޓްރަލްގެ މަގާމު ވަނީ ފުރުއްވައިފަ އެވެ.
އޭގެ ފަހުން 2018 ގައި މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު، ހަލީލް ހުންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓުގެ މަގާމުގަ އެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވުމާއި، ދިވެހިރާއްޖޭގެ ހައްގުގައި ވަކާލާތު ކުރެއްވުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެއް، ވަކިން ހާއްސަކޮށް، އެކި ކަންކަމާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ރާއްޖެއަށް ހޯދުމުގައި، އަހްމަދު ހަލީލް ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައި،" ހަލީލްގެ ހިދުމަތް ފާހަގަކުރައްވައި ރައީސް މިއަދު ވިދާޅުވި އެވެ.
ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާ ހަވާލުކުރައްވަނީ -
ޝަރަފު ހާސިލް ކުރެއްވި ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް ދާއިރާގައި ހިދުމަތް ކުރައްވަން ފެއްޓެވީ 26 ނޮވެންބަރު 1981 ގަ އެވެ. ފުރަތަމަ އަދާކުރެއްވީ، އޭރުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ އެސިސްޓެންޓް އަންޑަ ސެކްރެޓެރީ ކަމުގެ މަގާމެވެ.
އޭގެ ފަހުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރު ކަމުގެ މަގާމު ފުރުއްވާފައިވެ އެވެ.
އަހްމަދު ލަތީފަކީ، ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރެވެ. އަދި، ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި 2004 ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި ދިވެހިރާއްޖޭގެ ރެޒިޑެންޓް މިޝަނެއް ގާއިމުކުރި، ޑެޕިއުޓީ ހައިކޮމިޝަނަރުގެ މަގާމު ވެސް ފުރުއްވި އެވެ.
"ލަތީފްގެ ހިދުމަތުގެ މުއްދަތުގެ ތެރޭގައި، ދިވެހިރާއްޖެ އާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކާ ދެމެދު ގުޅުން ބަދަހިކުރެއްވުމުގައި، ލަތީފްގެ ދައުރު ވަރަށް ބޮޑު، ވަކިން ހާއްސަ ގޮތެއްގައި، ސަރަޙައްދީ ޖަމިއްޔާއެއް ކަމަށްވާ "ސާރކް" އުފެއްދުމުގެ ކަންކަމުގައި، ރާއްޖޭގެ ފަރާތުން އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ އަހުމަދު ލަތީފް،" ރައީސް މިއަދު ވިދާޅުވި އެވެ.
މި ދެ ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން މެޑަލް އަކާއި އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެއް ވަނީ އަރުއްވައިފަ އެވެ.
ހާރިޖީ ސިޔާސަތު ބިނާކުރީ އެންމެމަތީ މަސްލަތަށް: ރައީސް
ގާޒާގައި ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް: ސަރުކާރު
ސީޝެލްސްގެ ރައީސް ފުރާވަޑައިގެންފި
ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ
މިއީ ދިވެހިން ކުޑަ ނޫން ކަމަށް ދުނިޔެ ހެކިވާ ވަގުތު
ރާއްޖެއިން ދައްކަނީ ކާމިޔާބު ހާރިޖީ ސިޔާސަތެއް
އަފްޣާނިސްތާނު މީހުންނަށް އެހީވާން ރައީސަށް ދަންނަވައިފި
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
އާއްމު މަޖިލިހުގެ ރައީސްކަން ލިބުމަކީ ފަޚުރެއް: ރައީސް
ރާއްޖެ-ކޮޗިން ފެރީ ދަތުރުތައް 3 މަސްތެރޭގައި ފަށަނީ