Roadha Mihaaru
ބީލަމުގެ އުސޫލުން ޑޮމެއިން ވިއްކާ ގޮތަށް ހަމަޖައްސައިފި

ބީލަމުގެ އުސޫލުން ބޮޑު އަގު ހުށަހަޅާ މީހަކަށް ޑޮމެއިން ވިއްކަންޖެހޭ ގޮތަށް ހަމަޖައްސައިފި

17 ނޮވެމްބަރ 2019

އެއްގަމު އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރުތައް ދޫކުރުމުގައި ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގު ހުށަހަޅާ މީހަކަށް ވިއްކަންޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެއްގަމު އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރުތައް ދޫކުރުމުގައި ބީލަމުގެ އުސޫލުން އެންމެ ބޮޑު އަގު ހުށަހަޅާ މީހަކަށް ވިއްކަންޖެހޭ ގޮތަށް މިއަދު ހަމަޖައްސައިފި އެވެ.

އެއްގަމު އުޅަނދުތަކުގައި ޖަހާ ރަޖިސްޓްރީ ނަމްބަރުގެ ބަދަލުގައި ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ޚާއްސަ ނަމްބަރު ކަމަށްވާ ޑޮމެއިން ނަމްބަރު ނުވަތަ ނަމެއް ލިބޭނީ ކުރިން އޮންނަ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހަޅައި، ކަނޑައެޅިފައިވާ ވަކި އަގެއް ދެއްކުމުންނެވެ.

ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން ޑޮމެއިން ލިބޭނީ ޑޮމެއިން ވިއްކުމުގެ ހަތް ދުވަސް ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން އެކަމަށް އިއުލާން ކުރުމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

ސައިކަލުގެ ޑޮމެއިންގެ ނީލަމުގެ އަގު ފެށޭނީ މަދުވެގެން 50،000ރ. އިން ކަމަށާއި ކާރު ނުވަތަ ނުވަ މީހުންނަށް ވުރެ އިތުރު ނުވާ މިންވަރަށް މީހުން އުފުލޭ އުޅަނދުތަކުގެ ޑޮމެއިންގެ ނީލަމުގެ އަގު ފެށޭނީ މަދުވެގެން އެއް ލައްކަ ރުފިޔާއިން ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.