17 ނޮވެމްބަރ 2019
ކުރިމަގުގައި އެންްމެ އިސްކަން ދެއްވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުން އަވަސް ކުރަން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.
ކުރިމަގުގައި އެންްމެ އިސްކަން ދެއްވާނީ ޝަރުއީ ދާއިރާ އިސްލާހު ކުރުން އަވަސް ކުރަން ކަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ އެއް އަހަރު ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ މަަސައްކަތްތަކާ ބެހޭ ގޮތުން، ދައުލަތުގެ މީޑިއާ ޕީއެސްއެމް ގައި ވާހަކަ ދައްކަވަމުން ރިފްއަތު ވިދާޅުވީ ޝަރުއީ ދާއިރާ އަށް ގެންނަންޖެހޭ ބަދަލު ވީ އެންމެ އަވަހަކަށް ގެނެސް، އިންސާފު ގާއިމްކުރުމުގެ ވަސީލަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ސަރުކާރުގެ ވަރަށް މުހިއްމު މަސައްކަތެކެވެ. އަދި، އެއީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ދާއިރާއަަކަށް ހަދަން ޖެހޭ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ.
"ޖުޑިޝަރީ އަށް މިގެންނަން ޖެހޭ ބަދަލު ވީ އެންމެ އަވަހަކަށް ގެނެސް ރައްޔިތުންނަށް އިންސާފު ގާއިމްްކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދިނުން، އަޅުގަނޑަށް ފެންނަ ގޮތުގައި އަޅުގަނޑުމެންގެ އެންމެ މުހިއްމު މަސައްކަތަކަށް ވެގެން ދާނީ،" ރިފްއަތު ވިދާޅުވި އެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ޓަކައި މިހާތަނަށް ކޮށްފައިވާ އެއް މަސަައްކަތެއްގެ ގޮތުގައި އޭނާ ވިދާޅުވީ އެ ދާއިރާގެ ހާލަތު އޮތް ގޮތް ދެނެގަތުމަށް ހެދި އެސެސްމެންޓެވެ.
ސައުތު އެފްރިކާގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޖަސްޓިސް ކްރީގްލާ ހެއްދެވި އެ އެސެސްމެންޓްގައި އޭނާ ކަންތައްތަކެއް ފާހަގަކުރައްވައި، އަމަލުކުރަން ފެންނަ ގޮތްތައް ހިމަނުއްވާފައިވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
"އެ ރިޕޯޓްގައި އެބަހުރި ޖުޑިޝަރީގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މިނިވަން މުސްތަގިއްލު ފަރާތެއްގެ ހައިސިއްޔަތުން ޖަސްޓިސް ކްރީގްލާ އަށް ފެނިވަޑައިގަންނަވާ ކަންތައް ފާހަގަކުރައްވާފައި، އަދި ބައެއް ރިކޮމެންޑޭޝަންސް ވެސް އެބަހުރި،" ރިފްއަތު ވިދާޅުވި އެވެ.
ސަރުކާރުން ނަޝީދަށް ރައްދު ދީފި
ދައުލަތުން އެދެނީ ބަދަލު ނަގައިދޭވަރު ލިމިޓްކުރަން
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރަން މަސައްކަތް ފަށައިފި
ރަސްމީ ގެކޮޅު ހަމަޖައްސާ ބިލް ރައީސް އޮފީހަށް
އޭޖީގެ ލަފައަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދިއުން
ސަރުކާރުން ބިލްތައް ނުފޮނުވާތީ މަސައްކަތްތައް މަދުވެއްޖެ
އާބިޓްރޭޓަރުންނާއެކު ކޯޓު ސަގާފަތް ހުއްޓޭނެ: އޭޖީ