Roadha Mihaaru
ރިޕޯޓް އެކުލަވައިލީ ގަވައިދާ އެއްގޮތަށް: ހަސަން

ރިޕޯޓް އެކުލަވައިލީ ގަވައިދާ އެއްގޮތަށް: ހަސަން

22 ނޮވެމްބަރ 2019

ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނެގި ސަބް ކޮމިޓީން މަަަސައްކަތް ކޮށްފައި ވާނީ އުސޫލުގެ ތެރެއިން ރަނގަޅަށް ކަަމަށް އެ ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޑރ. އަފްރާޝީމް އަލީގެ މަރާ ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓް ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނެގި ސަބް ކޮމިޓީން މަަަސައްކަތް ކޮށްފައި ވާނީ އުސޫލުގެ ތެރެއިން ރަނގަޅަށް ކަަމަށް އެ ކޮމިޓީގެ މުގައްރިރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝީމްގެ މަރާ ގުޅޭ ރިޕޯޓް ދިރާސާކުރުމަށް ފަހު، 241 ކޮމިޓީ އަށް ހުށަހެޅީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެކަނި އެކުލަވައިލެއްވި ރިޕޯޓެއް ކަމަށް އިދިކޮޅުން ކުރިން އޮތީ ތުހުމަތު ކޮށްފަ އެވެ.

އެ ތުހުމަތު ތަކަށް ރައްދު ދެއްވަމުން ހަސަަން ވިދާޅުވީ، ސަބް ކޮމިޓީން ރިޕޯޓް އެކުލަވާލައި، ފައިނަލް ކުރީ އޭނާ އާއި އިދިކޮޅު މެމްބަރު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ތިއްބަވައިގެން ކަމަށެވެ. އަދި މައި ކޮމިޓީ އަށް ރިޕޯޓް ފޮނުވީ ވެސް ހުސައިންގެ ތާއީދާ އެކު ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި، ކޮމިޓީގެ ރިޕޯޓުތަކަކީ ހަމައެކަނި މުގައްރިރު ސޮއިކުރައްވާ ކަރުދާހަކަށް ވާތީ މައި ކޮމެޓީ އަށް ފޮނުވީ އޭނާ އެކަނި ސޮއި ކުރެއްވުމަށް ފަހު އެވެ.

"އެއިން ބޭފުޅަކު ބައިވެރިވެ ވަޑައިނުގެން ހަދާފައި އޮތް ރިޕޯޓެއް ކަމަށް ބުނާނެ ޖާގައެއް ނެތް. ބައިވެރިވުން ހުރި މިންވަރު އަޅުގަނޑު މި ދެންނެވީ." ރޭގެ ބައްދަލުވުމުގައި ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވި ގޮތުގައި ސަބް ކޮމިޓީގެ ރިޕޯޓް ސައްހަ ނޫން ކަމަށް އިދިކޮޅު މެމްބަރުން މީޑިއާގައި ވާހަކަ ދައްކަވަމުން ގެންދެވިއިރު ވެސް އޭނާ މީޑިއާގައި އެކަމާ ބެހޭގޮތުން ވާހަކަ ނުދެއްކެވީ ސަބް ކޮމިޓީގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމަކަށް ވާތީ އެވެ. ސަބް ކޮމިޓީގައި ހިނގި ކަންކަމުގެ ވާހަކަ އެހާ ބޮޑަށް އާންމު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ކުރެއްވި ޓްވީޓެއްގައި ހަސަން ވިދާޅުވީ، ރިޕޯޓް މައި ކޮމިޓީން ފާސްކުރީ، ސަބް ކޮމިޓީގެ އިދިކޮޅު މެމްބަރު މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފްގެ ވެސް ވޯޓާ އެކު އެވެ.

"ރިޕޯޓް ތައްޔާރު ކުރުމުގައި ސަބް ކޮމިޓީގެ ހުރިހާ މެމްބަރުން ވެސް ބައިވެރިވި. ރިޕޯޓް ފާސްކުރުމަށް އެމްޕީ އާދަމް ޝަރީފް 241 ކޮމިޓީގައި ވޯޓުވެސް ދެއްވި،" ޓްވީޓްގައި ހަސަަން ވިދާޅުވި އެވެ.

ސަބް ކޮމިޓީން އެކުލަވައިލި ރިޕޯޓާ މެދު އިދިކޮޅު މެމްބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ އަފްރާޝީީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވިކަަމަށް މަރު ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހ.ހިކޯސްޓް، އަލީ ޝާން (ސަޓޯ)ގެ ނަން ރިޕޯޓްގައި ނެތުމުންނެވެ. އެހެންވެ އޭނާގެ ނަން ރިޕޯޓްގައި ފަހުން ހިމަނައި، ފައިނަލް ރިޕޯޓް ފާސްކުރީ ސަޓޯގެ ނަމާ ވެސް އެކުގަ އެވެ.

އެކަން ހިނގި ގޮތް 241 ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ތަފްސީލު ކޮށްދެއްވަމުން ހަސަން ވިދާޅުވީ ޖިނާއީ އަމަލު ހިންގި އެންމެންނަށް ވެސް ޖުމްލަ ގޮތެއްގައި ފިޔަވަޅު އަޅަން ފުރަތަމަ ރިޕޯޓްގައި އޮތުމުން ސަޓޯ އިސްތިސްނާ ނުވާނެ ކަމަށެވެ.

"ކަނޑައެޅިގެން ޖިނާއީ ކުށެއް ހިންގާފައި އޮތް ކަމަށް ފާހަގަކޮށްފައި އޮތް ފަރާތެއް ކަމަށް ވަންޏާ އަޅުގަނޑުމެންގެ ރިކޮމެންޑޭޝަން ގައި ބުނެފައި އޮންނާނީ އެ ފަރާތަކާ ދޭތެރޭގައި އަޅަން ޖެހޭ ފިޔަވަޅު ލަސްނުކޮށްް އެޅުމަށް. އެހެންވީމާ އޭގެ ތެރޭގައި އަސްލު [ސަޓޯ] ހިމެނޭނެ،" ހަސަން ވިދާޅުވި އެވެ.

ނަމަވެސް ރިޕޯޓް މައި ކޮމިޓީއަށް ގެންދިއުމުން ނިންމީ އެހެން ހުރި ހުރިހާ ނަންތައް ހިމަނަން ކަމަށާއި އެހެންވެ ސަޓޯގެ ނަން ވެސް ފައިނަލް ރިޕޯޓްގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ