Roadha Mihaaru
އިތުރު 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެނީ

އިތުރު 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެނީ

30 މެއި 2016

އިތުރު 10 މީހެއްގެ މައްޗަށް މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ނެރެދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ކޯޓުގައި މިއަދު އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިތުރު 10 މީހެއްގެ މައްޗަށް މޮނިޓަރިން އެންޑް ކޮންޓްރޯލް (މޮނިކޮން) އަމުރު ނެރެދިނުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ހޯމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ 10 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރުވުމަށް އަންގަވާފައިވާ ކަމަށެވ

މި އަމުރު މިހާތަނަށް 20 އަށް ވުރެ ގިނަ މީހުންގެ މައްޗަށް ނެރެފައިވެ އެވެ.

މޮނިކޮން އަމުރަކީ ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގެ ދަށުން، ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުން މޮނީޓާކޮށް ބަލަހައްޓަން ހޯމް މިނިސްޓްރީ އަށް ބާރު ލިބޭ ގޮތަށް ހައި ކޯޓުން ނެރެދޭ އަމުރެކެވެ. މި އަމުރުގެ ދަށުން ވަކި ވަގުތުތަކެއްގައި ބޭރަށް ނުކުމެ ނޫޅެވޭ އިރު، މީހަކު ވަކި ތަނެއްގައި ބެހެއްޓުމާއި އެ މީހާ ހުންނަ ތަންތަނާއި ދާ ތަންތަން ބަލައި ފާސްކުރުމަށް ފުލުހުންނަށް ބާރު ލިބިދެ އެވެ.