Roadha Mihaaru
މެކްސްކޮމް އިން ވާވޭ ނޯވާ5ޓީ އާ އެކު ސްމާޓް ގަޑިއެއް

މެކްސްކޮމް އިން ވާވޭ ނޯވާ5ޓީ އާ އެކު ސްމާޓް ގަޑިއެއް

27 ނޮވެމްބަރ 2019

ވާވޭގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، މެކްސްކޮމް އިން އެ ބްރޭންޑުގެ ނޯވާ5ޓީ ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ވާވޭގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، މެކްސްކޮމް އިން އެ ބްރޭންޑުގެ ނޯވާ5ޓީ ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

ފަސް ކެމެރާ ހިމެނޭ މި ފޯނަކީ ގެންގުޅެން ފަސޭހަ ލުއި ފޯނެކެވެ. މީގެ ފޯނުގެ ކުރިމަތީގައި ދެ ކެމެރާ އަދި ފަހަތުގައި ހަތަރު ކެމެރާ އިނދެ އެވެ. މީގެ ސަބަބުން ކޮލިޓީ މޮޅު ވީޑިއޯ އާއި ފޮޓޯ ނެގޭނެ އެވެ. މީގެ އިތުރުން ފިންގާ ޕްރިންޓުން ފޯނު ހުޅުވަން ފަސޭހަކުރުމުގެ ގޮތުން މި ފޯނުތަކުގައި އިނގިލި ޖައްސަން ޖެހޭނީ އަރިމަތީގައި އިންނަ ފިންގާ ޕްރިންޓު ޕެޑުގަ އެވެ.

މެކްސްކޮމް އިން ވަނީ މި ފޯނުތައް ރާއްޖޭގެ މާކެޓަށް ނެރުމުގެ މުނާސަބަތާ ގުޅުވައިގެން ހާއްސަ ޕްރޮޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ގަންނަ ކޮންމެ ވާވޭ ނޯވާ5ޓީ ގެ ފޯނަކާ އެކު ވާވޭގެ ސްމާޓް ގަޑި ކަމުގައިވާ ބޭންޑް 4 ހިލޭ ލިބޭނެ އެވެ. މި ފޯނުތައް މެކްސްކޮމް އިން ވިއްކަނީ 7،299ރ. އަށެވެ.

ވާވޭ ނޯވާ5ޓީ ފޯނު: މި ފޯނާއެކު ބޭންޑް 4 ހިލޭ ލިބޭނެ -- ފޮޓޯ: މިހާރު

ވާވޭ ނޯވާ5ޓީ ފޯނު: މި ފޯނާއެކު ބޭންޑް 4 ހިލޭ ލިބޭނެ -- ފޮޓޯ: މިހާރު

މި ފޯނުގެ ބެޓެރީ އަވަހަށް ޗާޖުވެ، ގިނަ ވަގުތު ޗާޖު ހިފަހައްޓައިދެ އެވެ. އަދި ފޯނުގައި 8 ޖީބީ ރޭމް އަކާއި 128 ޖީބީ އިންޓާނަލް ސްޓޯރޭޖެއް ހިމެނެ އެވެ. މީގެ ސަބަބުން ހައިއެންޑް ގޭމްތަކާއި އެޕްލިކޭޝަންތައް ބޭނުން ކުރެވޭނެ އެވެ. މިވަގުތު މެކްސްކޮމް އިން މި ފޯނުތަކުގެ ޕާޕަލް ކުލަ އާއި ފެހި ކުލައިގެ އިތުރުން ކަޅު ކުލަ ލިބެން ހުންނާނެ އެވެ.

މީގެ އިތުރުން މެކްސްކޮމް އިން ވަނީ އަހަރީ ޗުއްޓީ އާ ގުޅުވައިގެން "މެކްސްކޮމް ބޮޑު ޗުއްޓީ" ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރަ އިން ވިއްކާ ހުރިހާ ސާމާނެއް ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ.