27 ނޮވެމްބަރ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ ޝަރީއަތް ކުރަން ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ، އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާ ބެހޭ ގޮތުން ސުލޫކީ މައްސަލައެއް ހުށަހަޅާފައި ވިޔަސް އެކަން ނުބަލާތީ ކަންބޮޑުވާ ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ ޝަރީއަތް ކުރަން ކްރިމިނަލް ކޯޓުން އެކުލަވާލާފައިވާ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ، އަދި ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާ ބެހޭ ގޮތުން ސުލޫކީ މައްސަލައެއް ހުށަހަޅާފައި ވިޔަސް އެކަން ނުބަލާތީ ކަންބޮޑުވާ ކަމަށް އިދިކޮޅުން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނަނީ، ޔާމީންގެ މައްސަލަ ވަކި ގޮތަކަށް ނިންމަން ސަރުކާރުން ޕްރެޝަރު އަންނަ ކަމަށް ކްރިމިނަލް ކޯޓުގެ ސަސްޕެންޑްކޮށްފައިވާ ގާޒީ އަހްމަދު ހައިލަމް ވިދާޅުވުމުން އެކަން ދޮގު ކުރައްވައި މީޑިއާ އަށް މައުލޫމާތު ދެއްވުމަކީ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެކެވެ. އެހެންވެ އެކަން ބަލައިދޭން ޔާމިންގެ ވަކީލުން ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިފަ އެވެ.
ނަމަވެސް ގާޒީ އަލީ ރަޝީދު، އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ ގާނޫނުގައި މަނަލީ ސިޔާސީ މީހަކު ދައްކާ ވާހަކައަކަށް ރައްދު ދިނުމާއި ހިނގަމުންދާ މައްސަލަައަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި އިންޓަވިއު ދިނުން ކަމަށެވެ. ގާޒީ ވިދާޅުވީ ސިޔާސީ މީހަކަށް ރައްދު ނުދެއްވާ ކަމަށާއި ހިނގަމުންދާ މައްސަލައާ ބެހޭ ގޮތުން ވާހަކަ ނުދައްކަވާ ކަމަށާއި އަދި އޭނާ މީޑިއާގައި ވިދާޅުވީ އޭނާއާ ބެހޭ ގޮތުން އެހެން ގާޒީ އަކު ކުރެއްވި ތުހުމަތަކަށް، އެ މިންވަރަށް ކަމަށެވެ.
ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްކޮންފަރެންސެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީީމް އަބްދުﷲ ވިދާޅުވީ ގާޒީ އަލީ ރަޝީދުގެ މައްސަލަ ކްރިމިނަލް ކޯޓާއި ޖޭއެސްސީ އަދި ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފައި ވާނެ ކަމަށާއި ޔާމީންގެ މައްސަލާގައި މާދަމާ ހުކުމް ކުރަން ތައްޔާރުވެފައި ވާއިރު ވެސް ހައްލެއް ނައިސް އޮތުމުން ކަންބޮޑުވާ ކަމަށެވެެ. އަދުރޭ ވިދާޅުވީ އަލީ ރަޝީދާ ބައްދަލުކުރަން ވެސް އިދިކޮޅު ޕާޓީގެ ބޭފުޅުން ވަޑައިގަތް ކަމަށާއި އެކަމަކު ފަނޑިޔާރާ ބައްދަލުކުރެވޭނެ އުސޫލެއް ނޯންނާތީ ކޯޓުގެ ރަޖިސްޓްރާ މެދުވެރިކޮށް ކަންބޮޑުވުންތައް އަލީ ރަޝީދަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އަދުރޭ ވިދާޅުވީ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ހުށަހަޅާފައިވާ ކަމަށާއި އަލީ ރަޝީދުގެ މައްސަލަ ޖޭއެެސްސީގެ ސަމާލުކަމަށް އަލުން ގެނެސް ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ.
ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ ވެސް މެމްބަރެކެވެ.
"މައުލޫމާތު ލިބިފައި އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށް ވަނީ އިއްޔެގެ ވަގުތެއްގައި ހަމަ ޖޭއެސްސީގެ ސަމާލުކަމަށް އެކަން އަލުން ގެނެސް ދެއްވާނެ ކަމަށް. އެހެން ނަމަވެސް ހަމައަށް އައި އިރު އަދި މިއަދުގެ މިވަގުތާ ހަަމައަށް އައި އިރު އަޅުގަނޑުމެންނަކަށް އެއްވެސް މަގަކުން ހިނގައިގެން މީގެ އަލިކަމެއް ފެނިފައެއް،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
ޔާމީންގެ ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް ނިމި، ހުުކުމްކުރަން ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެކަމަކު އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަަދު ހައިލަމްގެ ސުލޫކީ މައްސަލައެއްގައި ޖޭއެސްސީ އިން ސަސްޕެންޑްކުރުމުން ޝަރީއަތް ކެންސަލްކުރީ އެވެ. މައްސަލަ ބަލަން ބެންޗެއް އެކުލަވާލައި ޝަރީއަތް އަލުން ފެށީ މިމަހުގެ 17 ގައެވެ.
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
އަލީ ރަޝީދުގެ މައްސަލަ ބަލަން އިދިކޮޅުން ގޮވާލައިފި
"ޔާމީނަށް ކުރީ ނުހައްގު ހުކުމެއް، މިނިވަންކުރަންޖެހޭ"
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!
ޔާމީން މި ފަހަރު ވެސް ނަމެއް ނުދެއްވި، ސެނެޓް މާދަމާ
ޔާމީން ދައްކާ ކެންޑިޑޭޓާ މެދު ގޮތެއް ނިންމުން ސެނެޓަށް
ޕީޕީއެމް ރޫޅި ހައްގު ގެއްލުނަސް ގޮތް ދޫކުރުމެއް ނެތް!
ޔާމީން ނޫން ޕްލޭނެއްގެ ވާހަކަ ދެއްކުމުން ހޫނުވެއްޖެ!
ކޮންފަރެންސް ސަރުކާރަށް ހަޖަމެއް ނުވި: އަދުރޭ
ޔާމީން މިނިވަންކުރަން ގޮވާލައި ބޮޑު ހިނގާލުމެއް!