Roadha Mihaaru
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ

28 ނޮވެމްބަރ 2023

ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމު، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ އަށް ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމު، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ އަށް ދީފި އެވެ.

ސ. ހިތަދޫ، އަސަރީގެ ފަހުމީ ސްޓެލްކޯއާ ގުޅިވަޑައިގަތީ 1998 ވަނަ އަހަރު އެވެ.

އޭނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޭނާ އިނގިރޭސި ވިލާތުން ކިޔަވާ ވަޑައިގެން އެ ކުންފުނީގެ އެކައުންޓިން ޑިޕާޓްމެންޓްގެ ގިނަ ވަޒީފާތަކެއް އަދާކުރެއްވި އެވެ.

ސްޓެލްކޯގައި 25 އަހަރު ހޭދަކުރައްވާފައިވާ ފަހުމީ މިއަދު ވިދާޅުވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމަށް ހަމަޖައްސާފައިވާކަން ޕީސީބީން އަންގާފައިވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަހުމަދު ޝަރީފެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން ސަރުކާރު ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އައްޔަން ކުރަން އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ޕީސީބީ އަށް ފޮނުއްވަމުންނެވެ.