Roadha Mihaaru
އެކްސިޑެންޓްވުމުން ޑްރައިވަރަށް މަރުގެ އިންޒާރު

އެކްސިޑެންޓްވުމުން ޑްރައިވަރަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

07 ޑިސެމްބަރ 2019

ސައިކަލަކާއި ޕިކަޕެއް ޖެހި މިއަދު ހިނގި އެކްސިޑެންޓަކަށް ފަހު، ޕިކަޕްގެ ޑްރައިވަރަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސައިކަލަކާއި ޕިކަޕެއް ޖެހި މިއަދު ހިނގި އެކްސިޑެންޓަކަށް ފަހު، ޕިކަޕްގެ ޑްރައިވަރަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުސް އޮފީހުން މިރޭ ބުނީ މިއަދު ހަވީރު، ބުރުޒުމަގާއި ކަލާފާނު ހިނގުން ގުޅޭ ކަންމަތީގައި ހިނގި އެ އެކްސިޑެންޓަށް ފަހު ޑްރައިވަރަށް އިންޒާރު ދިނީ، އެކްސިޑެންޓުވި ސައިކަލު ފަހަތުގައި އިން 23 އަހަރުގެ ޒުވާނެއް ކަމަށެވެ. މަރުގެ އިންޒާރު ދިނުމުގެ އިތުރުން، އެ ޒުވާނާ ޕިކަޕަށް ގެއްލުން ދިނުމުގެ ގޮތުން އޭގައި ފައިން ވެސް ޖަހާފައިވެ އެވެ.

ފުލުހުން ބުނިގޮތުގައި ޕިކަޕް ދުއްވަން އިނީ 57 އަހަރުގެ މީހެކެވެ. އަދި އެ ދެ މީހުންގެ އަތުގައި ވެސް ލައިސަންސް އޮވެ އެވެ.

ހުޅުމާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ، 59 އަހަރުގެ ޓެކްސީ ޑްރައިވަރަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފަ އެވެ. އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެކި މީހުންނަށް މަރުގެ އިންޒާރު ދީގެން މި ފަހަކުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މަރުގެ އިންޒާރު ދިން މީހުން ހިމެނެ އެވެ.