11 މެއި 2016
އުމުރުން 26 އަހަރުގެ ކިމް ޓޫޗީ އަށް ލިބުނީ ހަތަރު އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
އުމުރުން 26 އަހަރުގެ ކިމް ޓޫޗީ އަށް ލިބުނީ ހަތަރު އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
ގުދުރަތީ ގޮތުން ދަރިމައިވެގެން ލިބުނު މި ފަސް ކުދިން ދުނިޔެއަށް އުފަންވީ، ސިޒޭރިއަން ހަދައިގެން، ދެ މިނެޓް ތެރޭގަ އެވެ. މި ކުދިން ނަގާފައި ވަނީ ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ 50 މީހުންގެ ޓީމަކުންނެވެ. އުފަންވި އިރު ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅެވެ.
ގުދުރަތީ އާންމު އުސޫލުން ދަރިމައިވާ އިރު އެއްމާބަނޑު ފަސް ކުދިން ލިބުމަށް އޮންނަނީ 55 މިލިއަނުން އެއް ޗާންސެކެވެ.
ޓޫޗީސް ވަނީ އޭނާގެ ދަރިންގެ ފޮޓޯތަކެއް އާންމުކުރުމަށް ފަހު، ޝައުގުވެރި ނަންބަރުތަކެއް ކިޔައިދީފަ އެވެ.
ކިމް ޓޫޗީ ފަސް ކުދިންނަށް ބަނޑު ބޮޑު އިރު ނަގާފައިވާ ފޮޓޯއެއް
"އަތްތިލާގައި 50 އިނގިލި، ފައިތިލާގައި 50 އިނގިލި. މި ފަސް ކުދިން ދުނިޔެއަށް ގެނައުމުގައި މި ކުރީ އަހަރެން މިހާތަނަށް ކުރި އެންމެ ބޮޑު ހަނގުރާމަ،"
"އަހަރެން ކުރި ހުރިހާ ކަމެއް ވެސް ކޮށްދިނީ މި ފަސް ކުދިންނަށް،"
އާއިލާ އިން ބުނެފައިވާ ގޮތުން މި ފަސް ކުދިންނަށް ހަފުތާއަކު 350 ނެޕީ ބޭނުންވެ އެވެ.
ކިމް ޓޫޗީގެ އެއްމާބަނޑު ފަސް ކުދިން
ޓޫޗީސް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި، ބަލިވެ އިން އިރު ކުރިމަތިވި ސިއްހީ އުނދަގޫތަކާ ހެދި ޑޮކްޓަރުން ވަނީ ބަނޑުގައި އޮތް ފަސް ކުދިންގެ ތެރެއިން ދެ ކުއްޖަކު ސަލާމަތްކުރުމަށް ފަހު އަނެއް ތިން ކުދިން "ދޫކޮށްލަން" ލަފާ ދީފަ އެވެ.
"އެއްވެސް މީހަކު ހިއެއް ނުކުރެ އަހަންނަށް މިކަން ކާމިޔާބު ވެދާނެ ކަމަކަށް. އެކަމަކު އެކަން ކޮށް، އެންމެންނަށް ސާބިތުކޮށްދީފިން،" 60 މިނެޓްސް އަށް ދިން އިންޓަވިއުއެއްގައި ޓޫޗީސް ބުނެފައިވެ އެވެ.
ޓޫޗީސް އާއި އޭނާގެ ފިރިމީހާ އަށް އެއްފަހަރާ ފަސް ކުދިން ލިބުނު އިރު ނުވަ އަހަރުގެ އަންހެން ކުއްޖަކާއި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ހުރެ އެވެ.
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟
"އެންމެ ކުޑަ ފިރިހެން ކުއްޖާ" ސަލާމަތްކުރެވިއްޖެ
ވިހޭއިރު ވެސް ކުއްޖާގެ ބަރުދަނުގައި ހަ ކިލޯ
ބައްޕަގެ ކާނާއާ ދަރިފުޅުގެ އިސްކޮޅާ ގުޅުން އެބަހުރި
14 ދަރިން، ހުއްޓާލާނީ ފިރިހެން ދަރިއެއް ލިބުމުން
ބްރެޒިލްގެ މަޔަކަށް އާދަޔާ ޚިލާފު މާ ކުއްޖެއް
ދުވަސް ނުފުރާ އުފަންވާ ކުދިން ރާއްޖޭގައި އިތުރުވަނީ
ތުއްތު ކުއްޖާ މަރުވީ ހޮސްޕިޓަލުގެ އިހުމާލުން: އާއިލާ
މާލޭގައި އުފަންވި އެއްމާބަނޑު ތިން ކުދިން ނިޔާވެއްޖެ
މާބަނޑު މީހުންނަށް ކޮވިޑް ޖެހޭ ވަރު އިތުރުވެއްޖެ