Roadha Mihaaru
އައްޑޫގެ 2 މަޝްރޫއެއްގެ ޑިޒައިން އިންޑިއާއަށް

އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ މަސައްކަތުގެ ޑިޒައިނާއި ކޮންސަލްޓަންސީގެ ކަންކަން އިންޑިއާ އަށް

12 ޑިސެމްބަރ 2019

އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް 7.1 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ދެ ކުންފުންޏަކާ ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް 7.1 މިލިއަން ޑޮލަރު (100 މިލިއަން ރުފިޔާ) އަށް އިންޑިއާގެ ދެ ކުންފުންޏަކާ ޕްލޭނިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

މާލެ ފިޔަވައި އާބާދީ އެންމެ ބޮޑު ސިޓީގެ ކައުންސިލުން ތައްޔާރުކުރި ވިޝަންގެ މައްޗަށް ބިނާކޮށްފައިވާ މަޝްރޫއުތަކުގެ ކޮންސްޓްރަކްޝަން ކޮންސަލްޓަންސީ އަދި ޑިޒައިނިން މަސައްކަތް ހަވާލުކުރީ އިންޑިއާގެ އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އަދި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުންޏާ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، އެ ދެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ އިންޑިއާ ސަރުކާރުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ތެރެއިން ކަމަށެވެ.

މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރި އިންޑިއާ ދެ ކުުންފުނީގެ އިސްވެރިންނާއެކު ސަރުކާރުގެ އިސް އޮފިޝަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން .-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މަގު ހެދުމާއި ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރި އިންޑިއާ ދެ ކުުންފުނީގެ އިސްވެރިންނާއެކު ސަރުކާރުގެ އިސް އޮފިޝަލުން ފޮޓޯއަކަށް ހުއްޓިވަޑައިގެން .-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

އައްޑޫގެ މަގު ހެދުމާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ޑިޒައިން އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް އިންޑިއާގެ ދެ ކުންފުންޏަކާ މި ހަވާލުކުރީ 1221 ދުވަހުގެ ތެރޭގައި (ތިން އަހަރާއި ބައި) ނިންމާ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތުން، މި މަޝްރޫއުގެ ޑީޓެއިލް ޕްރޮޖެކްޓް ހެދުމާއި ޕްރިލިމިނަރީ ޑިޒައިން ތައްޔާރު ކުރުން އަދި ބީލަމުގެ މަސައްކަތްތަކާއި ކޮންސްޓްރަކްޝަން ސުޕަވިޝަންގެ ކަންކަން އެލް އެންޑް ޓީ އިންފްރާސްޓްރަކްޗާ އާއި އިން ޖޭވީ ވިތު އެލްއީއޭ އެސޯސިއޭޓްސް ކުންފުނިން ކުރަން ޖެހެ އެވެ.

އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުގައި، އައްޑޫގެ 25 ކިލޯ މީޓަރުގެ މަގު ހަދައި 228 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެއީ ހިތަދޫން 90 ހެކްޓަރާއި މަރަދޫ، މަރަދޫފޭދޫން 75 ހެކްޓަރާއި ހުޅުމީދޫން 38 ހެކްޓަރު އަދި ރިސޯޓު ތަރައްގީ ކުރުމަށް ހުޅުވައިލުމަށްޓަކައި ފަޅުތެރެއިން 25 ހެކްޓަރެވެ.

މިިދިޔަ ޖޫން މަހު ރާއްޖޭގައި ބޭއްވި ޕާޓްނަޝިޕް ފޯރަމްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ އިންޑިއާއިން ދޭ ކްރެޑިޓްލައިންގެ ތެރެއިން 200 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނީ އައްޑޫގެ އެކި އަވަށްތަކާއި މަގުތަކާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ކަމަށެވެ. އަދި، އައްޑޫގެ ތަރައްގީގެ ކަންކަމަށް ގާތްގަނޑަކަށް 414 މިލިއަން ޑޮލަރު (6.3 ބިލިއަން ރުފިޔާ) ޚަރަދު ކުރާނެ ކަމަށް ސަރުކާރުން އިއުލާން ކޮށްފައިވެ އެވެ.