Roadha Mihaaru
އިންސްޓަގްރާމްގެ ކެޕްޝަންތަކަށް ފާރަވެރިވާ ފީޗާއެއް

އިންސްޓަގްރާމްގެ ކެޕްޝަންތަކަށް ފާރަވެރިވާ ފީޗާއެއް

17 ޑިސެމްބަރ 2019

އެހެން މީހުންގެ ޕޯސްޓަތަކަށް ބުލީކުރެވޭ ޒާތުގެ ކޮމެންޓްތައް ދޫކޮށްލެވުމުގެ ކުރިން އެކަން އަންގައިދޭ ފީޗާއަކަށް ފަހު، އިންސްޓަގްރާމްގައި އަނައްކާ ވެސް މި ކަހަލަ އިތުރު ފީޗާއެއް ހިމަނައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެހެން މީހުންގެ ޕޯސްޓަތަކަށް ބުލީކުރެވޭ ޒާތުގެ ކޮމެންޓްތައް ދޫކޮށްލެވުމުގެ ކުރިން އެކަން އަންގައިދޭ ފީޗާއަކަށް ފަހު، އިންސްޓަގްރާމްގައި އަނައްކާ ވެސް މި ކަހަލަ އިތުރު ފީޗާއެއް ހިމަނައިފި އެވެ.

އަލަށް ތައާރަފުކުރި ފީޗާ އަކީ އިންސްޓަގްރާމް ބޭނުންކުރާ މީހުން ހިއްސާކުރާ ޕޯސްޓްތަކާ އެކު ލިޔާ ކެޕްޝަންތަކަށް ފާރަވެރިވާ ފީޗާއެކެވެ. މީގެ ސަބަބުން ކެޕްޝަނުގައި ބުލީ އަށް މަގުފަހިވާ އަދި ބޭއަދަބީ ބަހުރުވަ ބޭނުން ކުރެވޭ ކަހަލަ އިބާރާތެއް ބޭނުން ކުރެވޭނެ ނަމަ އެކަމަށް ސަމާލުވާން އަންގައިދޭނެ އެވެ. އަދި އެފަދަ ކެޕްޝަނެއް ދޫކޮށްލައިފި ނަމަ އެކަން އަންގައިދޭން މެސެޖެއް ފޯންގެ ސްކްރީނަށް ތިލަވާނެ އެވެ.

އެއާ އެކު ކެޕްޝަން އިސްލާހުކުރަން ފުރުސަތު ދޭނެ އެވެ.

ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން މި ފަހަކަށް އައިސް އަންނަނީ އެ ޕްލެޓްފޯމް ބޭނުންކުރާ މީހުންގެ "ނެގަޓިވިޓީ" އާ ދުރުކޮށް، ރައްކާތެރިކޮށް ދޭން ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ޕޯސްޓްތަކަށް ލިބޭ ލައިކްސް ހައިޑްކުރުމާއި ބޮޑީޝޭމިން އަށް މަގުފަހިވާ ކަހަލަ އުފެއްދުންތައް އިންސްޓަގްރާމްގައި އިޝްތިހާރުކުރުމުގައި ވެސް ވަކި އުސޫލުތަކެއް ހިފަހެއްޓުމާއި ޕްލާސްޓިކް ސާޖަރީ ކަހަލަ ފިލްޓާތައް އެ ޕްލެޓްފޯމްގައި ބޭނުންނުކުރެވޭ ގޮތް ހެދުން ހިމެނެ އެވެ.