Roadha Mihaaru
ޕްރިންސް ފިލިޕް އެޑްމިޓްކޮށް، ފަރުވާދެނީ

ޕްރިންސް ފިލިޕް އެޑްމިޓްކޮށް، ފަރުވާދެނީ

21 ޑިސެމްބަރ 2019

އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް ހުކުރު ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ރާނީ އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް ހުކުރު ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

ޝާހީ އާއިލާ އިން ހުކުރު ދުވަހު ބުނީ 98 އަހަރުގެ ފިލިޕަށް ހުކުރު ދުވަހުގެ ހެނދުނުން ފެށިގެން ފަރުވާ ފެމުން އަންނަނީ ލަންޑަނުގެ ކިންގް އެޑްވަޑް ހަތެއް ހޮސްޕިޓަލްގައި ކަމަށެވެ. އަދި ފަރުވާ ހޯދަނީ ހާލު ސީރިއަސްވެގެން ނޫން ކަމަށާއި މިއީ "ޕްރީ-އެކްޒިސްޓިން ކޮންޑިޝަންއެއް" ކަމަށް ވެސް ބުންޏެވެ.

ބަކިމްހަން ޕެލަސް އިން ބުނީ ފިލިޕް ހޮސްޕިޓަލަށް ވަޑައިގެންނެވީ ވެސް އާއިލާގެ ބޭފުޅުންނާ އެކު ހިންގަވާފައި ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ ސީރިއަސް ސިއްހީ މައްސަލަތަކެއް ނެތް ކަމަށެވެ. އަދި އެޑްމިޓްވީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށް ވެސް ޝާހީ އާއިލާ އިން ބުންޏެވެ.

ރަސްމީ މަސްއޫލިއްޔަތުތަކުން މީގެ ދެ އަހަރު ކުރިން އެކަހެރިވެވަޑައިގެންފައިވާ ޕްރިންސް ފިލިޕަށް މި ފަހުން އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވެގެން ފަރުވާ ދީފައިވެ އެވެ. އެގޮތުން މިދިޔަ އެޕްރީލް މަހު އުނަގަނޑުގެ ސާޖަރީއެއް ވެސް ހަދާފައިވާ އިރު، 2012 ގައި މައިދާގައި އިންފެކްޝަން އުފެދިގެން އެތައް ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދިނެވެ.

ފިލިޕްސްގެ ވާހަކަ މި އަހަރު މީޑިއާތަކުގައި އެންމެ ގަދައަށް ދެކެވުނީ ޖެނުއަރީ މަހު އަމިއްލަފުޅަށް ކާރު ދުއްވަނިކޮށް އެހެން ކާރަކާ އެކްސިޑެންޓްވި ހާދިސާއާ ގުޅިގެންނެވެ. އަދި މި ހާދިސާއާ ގުޅިގެން ފިލިޕް ވަނީ ޑްރައިވިން ލައިސަންސް ދޫކޮށްލައްވައިފަ އެވެ.