އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތަށް ފަހު އެ ގައުމުގެ ތަހުތަށް ވަޑައިގަންނަވަން ހުންނެވި ޕްރިންސް ޗާލްސް އޯގަނިކް ފާމިންގެ މަސައްކަތްކުރައްވާތާ އެތައް އަހަރެއް ފަހުން އެ މަސައްކަތްތަކާ ދުރަށް ވަޑައިގެންފި އެވެ.
20 އޯގަސްޓް 2020
އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތަށް ފަހު އެ ގައުމުގެ ތަހުތަށް ވަޑައިގަންނަވަން ހުންނެވި ޕްރިންސް ޗާލްސް އޯގަނިކް ފާމިންގެ މަސައްކަތްކުރައްވާތާ އެތައް އަހަރެއް ފަހުން އެ މަސައްކަތްތަކާ ދުރަށް ވަޑައިގެންފި އެވެ.
ކްލަރެންސް ހައުސް އިން އެކަން ކަށަވަރުކޮށް ދެމުން ބުނީ 71 އަހަރުގެ ޗާލްސްގެ "ހޯމް ފާމް" ގެ މަސައްކަތް މިހާރު ހުއްޓާލައްވާފައިވާ ކަމަށެވެ. ޕްރިންސް ވިލިއަމާއި ޕްރިންސް ހެރީގެ ބައްޕާފުޅު އޯގެނިކް ފާމިން އަށް ހާއްސަ ދަނޑުވެރިކަން ކުރައްވަމުން ގެންދެވީ ގްލޯސެސްޓަޝަޔާގައިގައި ހުންނަ ގެކޮޅު ކައިރިން ކުއްޔަށް ބައްލަވައިގެންފައިވާ 1،000 އޭކަރުގެ ބިމެއްގަ އެވެ.
އެތަނުގައި ޗާލްސް އޯގެނިކް ފާމިންގެ މަސައްކަތް ކުރައްވާތާ މިހާރު 35 އަހަރުވެއްޖެ އެވެ.
މަސައްކަތް ހުއްޓާލައްވަން ނިންމެވި އިރު ބިމުގެ ކުލީގެ މުއްދަތު އަންނަ އަހަރަށް ހަމަވެސް ވާނެ އެވެ. އަދި މުއްދަތު އިތުރުނުކުރަން ވެސް ވަނީ ނިންމަވައިފަ އެވެ. ކެމިކަލްގެ އެއްވެސް ބާވަތެއް ބާވަތަކާ ނުލައި ކުރާ އޯގެނިކް ފާމިން އަކީ ޗާލްސް ވަރަށް ބޮޑަށް ޕްރޮމޯޓް ކުރައްވާ މަސައްކަތެކެވެ. އަދި އޭނާގެ އޯގަނިކް ފާމިން އިން އޯޓާއި ގޮދަން ފަދަ ބާވަތްތައް އޮރިޖިނަލް ބްރޭންޑެއްގެ ގޮތުގައި "ވެއިޓްރޯޒް ޑަޒީ އޯގަނިކް" ގެ ނަމުގައި މާކެޓް ވެސް ކުރައްވަ އެވެ.
ކްލަރެންސް ހައުސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޗާލްސްގެ "ހޯމް ފާމް" ގެ މަސައްކަތް ހުއްޓަވާލެއްވި ނަމަވެސް ސެންޑްރިމްގަމްގެ ނޯފޯކްގައި ބައްޕާފުޅު ޕްރިންސް ފިލިޕް ހިންގަވާ ދަނޑު ބެލެހެއްޓެވުމުގެ ޒިންމާ ޕްރިންސް ޗާލްސް ނަންގަވާނެ ކަމަށެވެ.
ޗާލްސް އާއި އާއިލާގެ ބޭފުޅުން.
ޗާލްސް އަކީ ކުރައްވާނެ މަސައްކަތެއް ނެތް އަދި މާ ބޮޑު މަސްއޫލިއްޔަތެއް ޒިންމާއެއް ނެތް ބޭފުޅެއް ކަމަށް ބުނެ އަބަދު ވެސް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވެ އެވެ. ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޗާލްސް ދެން ފޯކަސްކުރައްވާނީ ތަހުތަށް ވަޑައިގަންނެވުމުގެ ތައްޔާރީތަކަށެވެ.
ޕްރިންސް ފިލިޕް އަނެއްކާވެސް އެޑްމިޓްކޮށް ފަރުވާދެނީ
ޕްރިންސް ފިލިޕް އެޑްމިޓްކޮށް، ފަރުވާދެނީ
ޕްރިންސް ފިލިޕް ލައިސަންސް ދޫކޮށްލައްވައިފި
ޝާހީ އާއިލާގައި ނަސްލީ ތަފާތުކުރުމެއް ނޯވޭ: ވިިލިއަމް
ރާނީގެ ދެކަނބަލުންނަށް ވެސް ކޮވިޑް ވެކްސިން ދީފި
ރާނީގެ 95 ވަނަ އުފަން ދުވަހަށް ހާއްސަ ކޮއިނެއް
ޝާހީ އާއިލާގެ ދަތުރުތަކަށް 5.3 މިލިއަން ޕައުންޑް
ކޮވިޑަށްފަހު އަދިވެސް ރަނގަޅަށް ވަހެއް ނުދުވާ: ޗާލްސް
ޕްރިންސް ހެރީ އަށް ބާގަ ކިންގުން ވަޒީފާއެއް!
ޝާހީ އާއިލާ ބޮޑު ބައްދަަލުވުމަކަށް