މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.
27 ޑިސެމްބަރ 2019
މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.
ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފެށީ މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) ގެ ނަމުގައި ދާދިފަހުން އުފެއްދި ޖަމްއިއްޔާ އިންނެވެ. މި ޕެޓިޝަންގައި ސޮއިކުރަން ފެށީ މިއަދު ހަވީރު ކާނިވާ ސަރަހައްދުންނެވެ.
އެ ޕެޓިޝަނަކީ ދިރިއުޅުމަށް ކުއްޔަށް ދޫކުރާ ތަންތަނުގެ ކުލި ގާނޫނަކުން ކޮންޓްރޯލް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނެކެވެ. މިއީ، މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށް، ދިފާއުކޮށް އެހީތެރިކަން ފޯރުކޮށްދޭން އެ ޖަމިއްޔާ އިން ރާވާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
We are by Carnival area until 6 pm if you would like to sign the petition demanding #RentControl.
— Malé Tenants' Union (@TenantsMV) December 27, 2019
#KuyyahHalleh #ThojjesumakyAniya pic.twitter.com/TuTIYC6HWr
ޕެޓިޝަންގައި ސޮއިކުރުމާ ގުޅޭ ގޮތުން އެ ޖަމިއްޔާ އިން ކޮށްފައިވާ ޓުވީޓެއް.
އެ ޖަމިއްޔާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނިގޮތުގައި ކުލި ކޮންޓްރޯލްކުރަން ޕެޓިޝަނެއްގައި ސޮއިކުރަނީ އެކަމަށް މަޖިލީހުން ހައްލެއް ހޯދައިދޭން ގިނަ ބަޔަކު އެދެމުންދާތީ އެވެ. މާލޭގެ އާބާދީގެ 63 ޕަސެންޓަކީ ކުއްޔަށް ދިރިއުޅޭ މީހުން ކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"..މިދިޔަ 10 އަހަރުގެ ތެރޭގައި ވެސް ކޮންމެ އަހަރަކުހެން ކުލި ދިޔައީ ބޮޑުވަމުންނެވެ. ވީމާ ރައްޔިތުންގެ އާމްދަނީ އަށް ރަނގަޅު ބަދަލެއް އަންނަމުން ނުދިއުމާ އެއްކޮށް، ކުލި ކޮންޓްރޯލް ނުކޮށްފި ނަމަ މާލޭގައި ދިރިއުޅޭ ގިނަ ބައަކު ފަގީރުކަމާއި ނިކަމެތިކަން އިހްސާސްކުރަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވުން ދުރަކު ނެތެވެ،" ބަޔާނުގައިވެ އެވެ.
ސިޔާސީ ފަރާތްތަކުން މިކަމަށް ހައްލު ހޯދައިދޭނެ ކަމަށް ބުނެ ދައްކާ ވާހަކަ އަށް ވެސް އެ ބަޔާނުގައި ފާޑުކިޔާފައިވެ އެވެ.
އެ ޖަމިއްޔާ އިން ބުނީ ސިޔާސީ ފަރާތްތަކުން ދައްކާ ހައްލަކީ ހައުސިން ސަޕްލައި އިތުރުކުރާ ވާހަކަ އާއި އެހެން ސަރަހައްދުތައް ތަރައްގީކުރުމުން، މާލެ އަށް އޮންނަ ޑިމާންޑް ކުޑަވާނެ ކަމުގެ ޔަގީން ކަމެވެ. އެއާއެކު ވެސް ފެންނަނީ މާލެ ސަރަހައްދަށް ބޮޑެތި އިންވެސްޓްމެންޓްތައް އިތުރު ކުރާތަން ކަމަށް ބަޔާނުގައިވެ އެވެ.
"ރައީސް ސޯލިހްގެ ވައުދަކީ މާލެ ސަރަހައްދުގައި 5،000 ފްލެޓް އެޅުމެވެ. މިއީ ޑިމާންޑް އޮތް ވަރާ ގާތްކުރާ އަދަދެއް ވެސް ނޫނެވެ. މިހުރިހާ ސަބަބަކާ ހެދި ވެސް މިވަގުތުން ވަގުތަށް ވެސް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ކުލި ކޮންޓްރޯލް ކުރުމެވެ،" ބަޔާނުގައިވެ އެވެ.
ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރުމުގެ މަސައްކަތް ފެށިއިރު، ދާދިފަހުން ސަރުކާރުން ވަނީ ކުއްޔަށް ތަންތަން ދިނުމާ ބެހޭ ބިލެއް ވެސް މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލުގައި ކުއްޔަށް ދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރަން ބައެއް ކަންކަން ލާޒިމް ކޮށްފައިވެ އެވެ. އެކަމަކު ކުލި ކޮންޓްރޯލް ކުރަން އެ ބިލުގައި ހިމަނާފައެއް ނުވެ އެވެ.
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
ފުށިދިއްގަރު ފަޅަކީ މާލެ ރައްޔިތުންގެ ހައްގެއް: ބޮންޑޭ
ތިން މަސް ތެރޭ ގޯތިތައް ހަވާލުކުރާ ބިލު ބޭރުކޮށްލައިފި
ފަޅުން ގޯތި ދިނީ އަވަހަށް ހިއްކާ ނިމޭނެތީ: އަކްރަމް
ގޯއްޗާއި ފްލެޓު ލިބުން ލަސްވާތީ މަޖިލީހަށް ގަރާރެއް
އީވާގެ ޝަކުވާ، މާލޭމީހުންގެ ހިޔާވަހިކަމަށް ކަމެއް ނެތް
މާލެއިން ގޯތި ލިބޭ މީހުން އިއުލާންކުރާނީ މެއި މަހު
ގޯތިދިނުމުގެ ޝަރުތު ބަދަލުކުރާކަށް ނުވިސްނަން: އަސްލަމް
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
ގިރާވަރު ފަޅުން މާލޭ މީހުންނަށް 2000 ގޯތި ދޫކުރަނީ