Roadha Mihaaru
ދަރިވަރަކަށް ނެނީއަކު ހޯދަން ކުރި އިއުލާނަކަށް ފާޑުކިޔުންތަކެއް

ވަކީލުކަން ކިޔަވާ އަންހެން ދަރިވަރަކަށް ނެނީ އަކު ހޯދަން ކުރި އިއުލާނަކަށް ފާޑުކިޔުންތަކެއް

02 ޖެނުއަރީ 2020

އިނގިރޭސި ވިލާތުގައި ގާނޫނީ ދާއިރާ އިން ކިޔަވާ ކެނެޑާގެ އަންހެން ދަރިވަރެއްގެ ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށް ނެނީ އަކު ހޯދަން އާއިލާ އިން ކުރި އިއުލާނަކާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކިޔައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސި ވިލާތުގައި ގާނޫނީ ދާއިރާ އިން ކިޔަވާ ކެނެޑާގެ އަންހެން ދަރިވަރެއްގެ ގޭތެރޭގެ ކަންކަން ބެލެހެއްޓުމަށް ނެނީ އަކު ހޯދަން އާއިލާ އިން ކުރި އިއުލާނަކާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފާޑުކިޔައިފި އެވެ.

މުވައްޒަފުން ރެކްރޫޓް ކޮށްދޭ ސައިޓް އިންޑީޑްގައި އާންމުކުރި އިއުލާނެއްގައި ބުނީ ލީޑްސް ޔުނިވާސިޓީގައި ކިޔަވާ އުމުރުން 18 އަހަރުގެ ދަރިވަރަށް ބޭނުން ވަނީ ޕާޓްޓައިމްކޮށް މަސައްކަތް ކޮށްދޭނެ ނެނީއެއް ކަމަށެވެ.

ޝަރުތަކަށް ދަރިން ބަލަހައްޓައި ދިނުމުގެ އަހަރުގެ ދުވަހުގެ ތަޖުރިބާ އެކަނި ހިމަނާފައިވާ ނެނީގެ މައިގަނޑު ޒިންމާތަކަކީ ދަރިވަރަށް ދުވަހުގެ ތިން ވަގުތުގެ ނާސްތާ ތައްޔާރު ކޮށްދިނުމާއި ދޮވެ އިސްތިރި ކުރުމާއި ގޭތެރެ ފޮޅައި ސާފުކޮށް ދިނުމުގެ އިތުރުން ހުސްނުވާނެހެން ފްރިޖުގައި ސިއްހަތަށް ރަނގަޅު ޖޫހާއި ސްނެކްސްގެ ބާވަވްތަތައް ހިމަނައި ދިނުމެވެ.

މުސާރައިގެ ކަންތައްތައް ނިންމަން ކަނޑައަޅާފައި ވަނީ ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިންނެވެ.

އިއުލާނުގައިވާ ގޮތުން ނެނީގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާން ޖެހެނީ ދަރިވަރުގެ ބިޒީ ޝެޑިއުލާ ހެދި ގޭތެރޭގެ ކަންކަން އޭނާ އަށް ބުރައަކަށް ނުވާ ގޮތަށް ބަލަހައްޓައި ދިނުމެވެ.

އޭގައި ފާހަގަ ކޮށްފައިވާ ގޮތުގައި ލީޑްސްގެ ވެސްޓް ޔޯކްޝަޔާގައި ދަރިވަރު ދިރިއުޅެނީ ދެ ކޮޓަރީގެ "ވަރަށް ލޯބި" އެޕާޓްމަންޓެއްގަ އެވެ. އަދި އޭނާގެ އަތުގައި ކާރެއް ވެސް އޮންނަ އިރު، އެ ދުއްވާނެ މީހަކު ވެސް ހުރެ އެވެ.

މި އިއުލާނާ ގުޅިގެން ޓްވިޓާގައި ފާޑުކީ ބައެއް މީހުން ބުނިގޮތުގައި ފައިސާ ހުންނަ ތަނަވަސް މީހުންނަކީ ސިކުނޑީގެ މައްސަލަތަކެއް ހުންނަ ބައެއް ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

އެހެން މީހަކު ބުނީ، ކެނެޑާގެ ދަރިވަރު މި ފެންވަރުގައި އުޅެން ދިމާކޮށްފައިވާ އިރު، ގަބޫލުކުރެވޭ ގޮތުގައި އޭނާއާ އެކު ކިޔަވާ ގިނަ ކުދިން ވާނީ ކޯހުގެ ފީ ދައްކަން ފައިސާ ހޯދުމަށްޓަކައި ވަޒީފާތަކެއް ވެސް އަދާކުރާނެ ބަޔަކަށެވެ.

"މި ވަރުގެ މީހަކަށް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވޭނެތަ؟ އަމިއްލަ މީހާ ނުބެލެއްޓޭ މީހަކަށް އެހެން މީހުންގެ ހައްގުގައި ވަކާލާތު ކުރުމުގެ ގާބިލުކަން ހުންނާނެ ކަމާ ދޭތެރޭ ވެސް ޝައްކު. ހަމަ ޔަގީނުން ވެސް ވަކީލެއްގެ ގޮތުގައި އަހަރެން އޭނަ ބަލައެއް ނުގަންނާނަން." މީހަކު ޓްވިޓާގައި ބުންޏެވެ.