Roadha Mihaaru
ހުޅުމާލޭ ޖަލުން 31 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހުޅުމާލޭ ޖަލުން 31 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

04 ފެބުރުއަރީ 2021

ހުޅުމާލޭ ޖަލުން 31 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިިޓިވްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭ ޖަލުން 31 މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިިޓިވްވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލޭ ޖަލުގައި ހުރި ގައިދީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވާ ކަމަށެވެ. އެހެންވެ، އިތުރު ގައިދީންނާއި ޖަލުގެ މުވައްޒަފުން ހިމެނޭހެން 112 މީހަކު ޓެސްޓް ކުރިއިރު އޭގެ ތެރެއިން 31 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިހާތަނަށް ޕޮޒިޓިވްވީ ގައިދީން އެކަނި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭއިން ބުނިގޮތުގައި ޕޮޒިޓިވްވި މީހުންނާއި އެ މީހުންނާ ބައްދަލުވި މީހުން މިހާރު ތިބީ ޖަލުގައި އެކަހެރިކޮށް އަދި ކަރަންޓީންކޮޮށްފަ އެވެ. އެކަމާ ގުޅިގެން ހުޅުމާލެ ޖަލު ކުރިން ވެސް އޮތީ ލޮކްޑައުންގަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ގެންދަނީ ވަރުގަދަ ކުރަމުންނެވެ. ބައްޔަށް ޕޮޒިޓިވްވާ މިދިޔަ ހަފުތާ އިން ފެށިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފައިވާ ގޮތުގައި ކުއްލިއަކަށް ބާރަށް ބަލި ފެތުރެނީ ޔޫކޭގައި ފެތުރުނު ވޭރިއަންޓް ރާއްޖޭގައި ވެސް އުޅޭތީ އެވެ. އެ ވޭރިއަންޓާ ހެދި އެކަކުގެ ފަރާތުން ފަސް މީހަކަށް ބަލި ޖެހޭ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.