ސަރުކާރުން އިސްނަގައިގެން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރައްވާނީ، އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކަމަށް ޕީޕީއެމުން ނިންމައިފި އެވެ.
03 އޮކްޓޯބަރ 2016
ސަރުކާރުން އިސްނަގައިގެން ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރައްވާނީ، އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ކަމަށް ޕީޕީއެމުން ނިންމައިފި އެވެ.
ފާރިސް އާއި ވައްޑެ އަކީ ވެސް ސަރުކާރުގެ ބައެއް ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ، ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވާ ދެ ބޭފުޅުންނެވެ. އެންމެ ފަހުން ފާރިސް އާއި ވައްޑެ ރަތަށް އެރީ، މިއިން ދުވަހަކު ވެސް ކާޑުގެ އަގު ބޮޑުކުރާ މިންވަރަށް އެތަކެތީގެ އަގު ސަރުކާރުން ބޮޑުކުރި މައްސަލައިގަ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް މިއަދު ވިދާޅުވީ މަޝްވަރާތަކުގައި އެ ޕާޓީން، ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް އާއި ވައްޑެ ބައިވެރިކުރުމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ނިންމަވާފައިވާ ކަމަށެވެ.
މައުމޫން މިހެން ނިންމެވި ނަމަވެސް ފާރިސް އަކީ ކައުންސިލްގެ މެމްބަރެއް ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާ އެ ޕާޓީގެ މެމްބަރުން ގަބޫލެއް ނުކުރެ އެވެ.
މައުމޫނާއި ޔާމީނަށް ތާއީދު ކުރާ މެމްބަރުންގެ މެދުގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު، ތްރީ ލައިން ވިޕާ ހިލާފުވި މައްސަލައެއްގައި ފާރިސް ޕީޕީއެމުން ވަކިކުރުމަށް ސުލޫކީ ކޮމެޓީން ވަނީ ނިންމައިފަ އެވެ. އެކަމަކު އެކަން ޕާޓީގެ އޮފީހަކުން ގަބޫލެއް ނުކުރެ އެވެ.
މަޝްވަރާތަކުގައި މީގެ ކުރިން ޕީޕިއެމް ތަމްސީލް ކުރެއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކެވެ.
ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރުމަށް ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން އަންގާފައިވާއިރު މި މަޝްވަރާތަކުގައި އިދިކޮޅު އެމްޑީޕީންނާއި އަދާލަތު ޕާޓީންނާއި ޖުމްހޫރީ ޕާޓީން ވަނީ ބައިވެރިވާން ނިންމައިފަ އެވެ.
މަންދޫބުން ބަދަލުކުރަން ޕީޕީއެމުން އެއްބަހެއް ނުވި!
ކައުންސިލް ބާއްވާނީ ދައުވާކުރި ބޭފުޅުން މާފަށް އެދުމުން
މަޝްވަރާގެ ޝަރުތު ކަނޑައެޅީ ފާރިސް އަށް އަމާޒުކޮށް؟
ކައުންސިލުން ނިންމާ ބަޔަކު މަޝްވަރާއަށް ފޮނުވަން އެދެފި
ފާރިސް، ރައީސް ޔާމީނަށް އޮތް ބިރެއްތަ؟
އިމްތިޔާޒު ލިބުނަސް ގާނޫނު މުގުރައެއް ނުލެވޭނޭ: ރައީސް
އަޅުގަނޑު މިހުރީ ސަލާމަތަކުން ނޫން، ޖަލުގައި:މައުމޫން
ސަރުކާރަށް ޝަކުވާ: "އަނިޔާވެރިވިއަސް ބޮޑުވަރު"
ފާރިސްއާ މެދު އަމަލުކުރީ ރަހުމްކުޑަކޮށް: އެމްޑީޕީ
މިއީ ރައީސް ޔާމީނާއި މައުމޫންގެ ކުރިމަތިލެއްވުމެއް!