Roadha Mihaaru
އެކްސިޑެންޓް ގިނައީ ލިންކްރޯޑުގެ ހާލަތު ދަށްކަމުން

އެކްސިޑެންޓްތައް ގިނައީ ލިންކްރޯޑްގެ ހާލަތު ގޯސްކަމުން: ރިޕޯޓް

10 ޖެނުއަރީ 2020

އައްޑޫގެ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑްގައި އެކްސިޑެންޓް ގިނަވުމުގެ ސަބަބަކީ އެ މަގުގެ ހާލަތު ދަށްވުން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވައިލި، ލިންކް ރޯޑުގެ ޕާފޮމަންސް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އައްޑޫގެ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑްގައި އެކްސިޑެންޓް ގިނަވުމުގެ ސަބަބަކީ އެ މަގުގެ ހާލަތު ދަށްވުން ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވައިލި، ލިންކް ރޯޑުގެ ޕާފޮމަންސް އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

ލިންކްރޯޑްގައި ހިނގާ އެކްސިޑެންޓްތަކާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން ކުރިއަށް ގެންދިއަ ޕާފޯމެންސް ރިިވިއު އަށް ފަހު އެކުލަވައިިލި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެކްސިޑެންޓްތައް އިތުރުވާ މައިގަނޑު އެއް ސަބަބަކީ ލިންކް ރޯޑްގައި ތާރު އަޅާފައިވާލެއް ތުނިވުންމުން، އެ މަގުގައި ވަޅުގަނޑުތައް ހެދުމެވެ.

ލިންކް ރޯޑްގެ ތާރުގަނޑުގެ ހާލަތާ ބެހޭ ގޮތުން ރިޕޯޓްގައި ބުނީ، މަގުގެ ބައެއް ސަރަހައްދުތަކުގައި ތާރުގަނޑުގެ ބޯމިނުގައި އެއް އިންޗި ވެސް ނުހުންނަ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ސަރަހައްދުތަކުގައި އަޑިގުޑަންތަކާއި ވަޅުގަނޑުތައް ހެދިފައިވާ ކަަމަށެވެ. އެފަދަ ތަންތަނުން ސަލާމަތްވުމަށް މީހުން މަގުގެ ނުގަވައިދު ފަޅިން ދުއްވާ ކަމަށާއި ބާރު ސްޕީޑުގައި އައިސް އެ ތަންތަނުން ނެއްޓެން އުޅުމުގެ ތެރޭގައި ވެސް އެކްސިޑެންޓް ހިނގާ ކަމަށް ރިޕޯޓްގައި ވެ އެވެ.

އައްޑޫ ލިންކް ރޯޑްގެ ލެނބުންތައް. އެކްސިޑެންޓްތައް ގިނައީ މި ސަރަހައްދުތަކުގައި

އައްޑޫ ލިންކް ރޯޑްގެ ލެނބުންތައް. އެކްސިޑެންޓްތައް ގިނައީ މި ސަރަހައްދުތަކުގައި

"އަދިި މަގު މަރާމާތުކުރަން ޖެހިފައިވާ ސަރަހައްދުތައް ގިނަ ދުވަސްތަކެއް ވަންދެން، މަރާމާތު ނުކޮށް ދޫކޮށްލާފައިވާކަން ފާހަގަކުރަމެވެ،" ރިޕޯޓްގައި ވެ އެވެ.

އެކަން އިސްލާހުކުރުމަށް ޓަކައި، މަގުގެ އެކި ހިސާބުތަކުގައި ހުރި ވަޅުގަނޑުތައް ބައްދައި، މުޅި މަގުގެ އާބާތުރަ ފިލުވަން އޮޑިޓް އޮފީހުން ރިޕޯޓްގައި ލަފާ ދީފައިވެ އެެވެ.

އެކްސިޑެންޓް ގިނަވާ މައިގަނޑު އަނެއް ސަބަބަކީ ލިންކްރޯޑްގައި ލެނބުންތައް ހުރުމާ އެކު އެ ލެނބުންތަކުގެ ކައިރިން ދުވެލި މަތަކުރެވޭގެ ނިޒާމެއް ނެތުމާއި ފަސޭހައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތަކުގައި އެކަން އެނގޭނެ ބޯޑުތައް ނެތުން ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"...ދުވެލިމަތަ ހަރުކުރުމަކީ އުޅަނދުތައް ދުއްވާ ފަރާތްތަކުން ބާރު ދުވެލީގައި ގޮސް، ލެނބުންތަކުން ލަނބާލުމުގެ ކުރިން ދުވެލި މަޑުކުރުމަށް އެޅޭނެ ފިޔަވަޅެކެވެ. މިއީ އެފަދަ ލެނބުންތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރެވޭނެ ކަމެއް ކަމަށް ދެކެމެވެ،" ރިޕޯޓްގައި ވެ އެވެ.

ފަރުވާ އަށް ބޮޑު ހޭދައެއް

ލިންކް ރޯޑްގައި 2013 އިން 2019 ގެ ނިޔަލަށް ހިނގި ނުރައްކާތެެރި އެކްސިޑެންޓްތަކުގައި 19 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްގައި ހިމަނާފައިވާ ތަފާސް ހިސާބުން ދައްކަ އެވެ. އެކްސިޑެންޓްތަކުގައި އެތައް ބަޔަކަށް ބޮޑެތި އަނިޔާވެ، އެ މީހުންނަށް ފަރުވާ ދިނުމަށް 1.4 މިލިޔަން ރުފިޔާ ހަރަދުވި ކަމަށް ރިޕޯޓްގައިވެ އެވެ.

ފަރުވާ އަށް ހަރަދުވީ ފައިސާގެ އިތުރުން އިތުރު ފަރުވާ އަށް މީހުން މާލެ އަށް ގެނައުމަށް ވެސް 955،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވި ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި އަނިޔާވި މީހުންގެ ފަރުވާ އަށް ހަރަދުވި ޖުމްލަ ފައިސާގެ އަދަދު 2.4 މިލިޔަނަށް އަރަ އެވެ.