Roadha Mihaaru
ލޯނުތައް ނުދެއްކިދާނެ ކަމުގެ ބިރެއް ނެތް: އަމީރު

ލޯނުތައް ނުދެއްކިދާނެ ކަމުގެ ބިރެއް ނެތް: އަމީރު

16 ޖެނުއަރީ 2020

ދައުލަތުގެ ދަރަނި، ޖީޑީޕީ އިތުރުވާނެ ކަމަށް ލަފާކުރާ މިންގަނޑަށް ވުރެ މައްޗަށް ނުދާ ކަމަށާއި އެހެންވީމާ ދައުލަތުން ނަގާފައިވާ ލޯނެއް ނުދެއްކިދާނެ ކަމުގެ އެއްވެސް ބިރެއް ނެތް ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ދައުލަތުގެ ދަރަނި، ޖީޑީޕީ އިތުރުވާނެ ކަމަށް ލަފާކުރާ މިންގަނޑަށް ވުރެ މައްޗަށް ނުދާ ކަމަށާއި އެހެންވީމާ ދައުލަތުން ނަގާފައިވާ ލޯނެއް ނުދެއްކިދާނެ ކަމުގެ އެއްވެސް ބިރެއް ނެތް ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އިން ރާއްޖެ އަށް ދިން 50 މިލިޔަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު އޮތް ނޫސްކޮންފަރެންސްގައި އަމީރު ވިދާޅުވީ މި އަހަރު ރާއްޖޭގެ އިގުތިސާދު 7.5 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންވީމާ މިހާރުން މިހާރަށް ނުރައްކަލެއް ނެތް ކަމަށެވެ.

އޯޕެކް ފަންޑުން ދިން ލޯނަކީ ހަތަރު ޕަސެންޓްގެ އިންޓަރެސްޓް ރޭޓަކާ އެކު 20 އަހަރު ދުވަހުން ދައްކާ ގޮތަށް ނެގި ލޯނެކެވެ. އެ ލޯނު ދައްކަން ފަށަން ޖެހޭނީ ފަސް އަހަރު ފަހުންނެވެ.

އޯޕެކް ފަންޑުން ރާއްޖެ އަށް ދިން 50 މިލިޔަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހޮޓެލް ޖެންގައި އެ ޖަމިއްޔާގެ ޑިރެކްޓަރު ޖެނެރަލް އަބްދުލް ހާމިދު އަލް ޚަލީފާ (މ) އަދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު. ފޮޓޯ:ހުސައިން ވަހީދު/ މިހާރު

ދައުލަތުގެ ދަރަނި ބޮޑުވާތީ ވޯލްޑްބޭންކާއި އައިއެމްއެފުން ފާއިތުވި ދެތިން އަހަރު ވެސް ކަންބޮޑުވުން ފާޅުކުރި އެވެ. އެ ކަންބޮޑުވުންތައް އޮއްވައި އިތުރު ލޯނުތައް ނަގާ އިރު، ދައުލަތުގެ ދަރަނީގެ މިހާރުގެ ހާލަތަކީ ކޮބައިތޯ "މިހާރު"ން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ މިހާރު ހުރި ދަރަނިތައް ދެއްކުމުގެ ގާބިލުކަން ރާއްޖޭގެ އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ލޯނުތައް ނުވަތަ ދަރަނިތައް ޑިފޯލްޓް ވުމުގެ ނުރައްކަލެއް ނެތް. އަޅުގަނޑުމެންނަށް ދަރަނިތައް ދެއްކޭނެ،" އޭނާ ވިދާޅުވި އެވެ.

އަމީރު ވިދާޅުވިގޮތުގައި ރާއްޖޭގެ އިގުތިސާދުގެ މުހިއްމު ދާއިރާއެެއް ކަމަށްވާ ޓޫރިޒަމް މިދިޔަ އަހަރުން ފެށިގެން އަންނަނީ ކުރި އަރަމުންނެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެ އަށް ރެކޯޑް އަދަދަކަށް ޓޫރިސްޓުން އައި ކަމަށާއި ރާއްްޖޭގެ އިގުތިސާދު މިއަހަރު 7.5 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ އަހަރު ވެސް ބުނީ ރާއްްޖޭގެ ދަރަނީގެ ހާލަތު ގޯސްކަަމަށާއި ރާއްޖެ އަށް "ޑެޓް ޓިސްޓްރެސް"އެއް ކުރިމަތި ވުމުގެ ނުރައްކާ އެބަ އޮތް ކަަމަށެވެ. އެކަމަކު ހާލަތު ރަނގަޅުކުރަން ރާއްޖޭން މަސައްކަތް ކުރަމުން އަންނަ ގޮތް ރަނގަޅު ކަމަށް ވެސް އައިއެމްއެފުން ބުންޏެވެ.

މިދިިޔަ އަހަރު އައިއެމްއެފްގެ ފަރާތުން ރާއްޖެ އަށް އައި ވަފުދުގެ ވެރިޔަކަށް ހުންނެވި ފިިލިޕް ކަރެމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް ރާއްޖޭގެ ކަންކަން ކުރިއަށް ގެންދަން ދައުލަތުގެ ދަރަންޏާއި ދައުލަތުން ގެރެންޓީ ދީގެން ނަގާ ދަރަނި ފަރުވާތެރިކަމާ އެކު މެނޭޖްކުރަން ޖެހޭ ކަމަށެވެ.