ސްރީ ލަންކާގައި ސޯލާ އަދި ވިންޑް ހައިބްރިޑް ކަރަންޓް އުފައްދާ ތިން ފެސިލިޓީއެއް އެޅުމުގެ މަސައްކަތުގެ ބިޑް ޗައިނާގެ ކުންފުންޏަކުން ކާމިޔާބުކޮށްފައި ވަނިކޮށް އެ ބާތިލްކުރުމަށް ފަހު އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
ސްރީ ލަންކާގައި ސޯލާ އަދި ވިންޑް ހައިބްރިޑް ކަރަންޓް އުފައްދާ ތިން ފެސިލިޓީއެއް އެޅުމުގެ މަސައްކަތުގެ ބިޑް ޗައިނާގެ ކުންފުންޏަކުން ކާމިޔާބުކޮށްފައި ވަނިކޮށް އެ ބާތިލްކުރުމަށް ފަހު އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ލޯނަކުން ފުރަތަމަ ފައިނޭންސް ކުރި މި މަޝްރޫއު މީގެ ދެ އަހަރު ކުރިން ވަގުތީ ގޮތުން މަޑުޖައްސާލާފައި އޮތީ ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުމުން އިންޑިއާއިން ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ލަންކާގެ އެނާޖީ މިނިސްޓްރީން ހުކުރު ދުވަހު ބުނީ އެ މަޝްރޫއު އަލުން ހިންގޭ ގޮތް ވީ، އިންޑިއާ ސަރުކާރުގެ 11 މިލިއަން ޑޮލަރުގެ އެހީއަކުން ކަމަށެވެ. އެއާ އެކު، އިންޑިޔާގެ ޓެކް ހަބް ބެންގަލޫރުގެ، އިއާދަކުރަނިވި ހަކަތަ އުފައްދާ ކުންފުނި ޔޫ-ސޯލާއާ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
އިންޑިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ އެހީން، އަވަށްޓެރި ގައުމުތަކާ އެކު އޮންނަ "އެނާޖީ ޕާޓްނަޝިޕް" އަށް އިންޑިއާ އިން ދޭ އިސްކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ.
މި ތިން ފެސިލިޓީގައި 2،230 ކިލޯވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފައްދާއިރު، އިންޑިއާގެ ދެކުނު އައްސޭރިފަށާ މާ ދުރުނޫން ހިސާބެއްގައި އޮންނަ ޖަފްނާގައި ވެސް މީގެ ސިސްޓަމްތައް ގާއިމުކުރާނެ އެވެ.
ސްރީ ލަންކާއަށް 1948 ވަނަ އަހަރު އިނގިރޭސިންގެ އަތްދަށުން މިނިވަންކަް ލިބުނު ފަހުން ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ހީނަރުކަމަށް ފަހު އިންޑިއާ އާއި ޗައިނާ ވެސް ގެންދަނީ ލަންކާގައި އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގުމަށް ވާދަކުރަމުންނެވެ. ލަންކާއިން 2022 ވަނަ އަހަރު ބޭރު ފައިސާ ހުސްވެ 46 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ނުދެއްކި އޮތް އިރު އޭގެ 10 ޕަސެންޓަކީ ޗައިނާގެ ދަރަންޏެވެ. -- އޭއެފްޕީ
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ
އިންޑިއާ ނުރުހުނަސް ޗައިނާގެ އުޅަނދު ލަންކާގައި
ޗައިނާގެ އަސްކަރީ އުޅަނދަށް ލަންކާއިން ހުއްދަ ދީފި
ޗައިނާގެ މަނަވަރެއް ލަންކާއަށް ދާތީ އިންޑިއާ ޝަކުވާގައި
ޗައިނާއިން އެހީދިނަސް އިންޑިއާއާ ގުޅުން ރަނގަޅު:ރަނިލް
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަނީ
ޗައިނާގެ ކޮވިޑް ވެކްސިން ލަންކާ އިން ބޭނުންނުކޮށްފާނެ
ލަންކާގެ ރައީސް ޗައިނާ އަށް، ބޮޑުވަޒީރު އިންޑިއާ އަށް