14 އޯގަސްޓް 2022
ޗައިނާގެ އަސްކަރީ ސާވޭ އުޅަނދު "ޔުއަންގް ވަންގް 5" ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަންނަން އުޅޭތީ އިންޑިއާ އިން އެކަމާ ދެކޮޅުހެދުމުން ދަތުރު ފަސްކުރަން އެންގުމަށް ފަހު ލަންކާ އިން އަލުން ހުއްދަ ދީފި އެވެ.
ޗައިނާގެ އަސްކަރީ ސާވޭ އުޅަނދު "ޔުއަންގް ވަންގް 5" ލަންކާގެ ހަމްބަންޓޯޓާ ބަނދަރަށް ވަންނަން އުޅޭތީ އިންޑިއާ އިން އެކަމާ ދެކޮޅުހެދުމުން ދަތުރު ފަސްކުރަން އެންގުމަށް ފަހު ލަންކާ އިން އަލުން ހުއްދަ ދީފި އެވެ.
ލަންކާއިން އިއްޔެ ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ.
ބަނދަރު ހަދަން ޗައިނާއިން ދިން ލޯނު ނުދެއްކިގެން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ހިންގަމުން ގެންދާ ބަނދަރަށް ވަންނަ ޗައިނާގެ އުޅަނދަކީ ސްޕޭސް-ޓްރެކިން އުޅަނދެކެވެ. އެ އުޅަނދުން ސެޓެލައިޓާއި ރޮކެޓާއި އިންޓަކޮންޓިނެންޓަލް ބެލަސްޓިކް މިސައިލް ލޯންޗާ ވެސް ވެސް ޓްރެކް ކުރެވޭނެ އެވެ.
އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައިވާ ލަންކާގައި އިންޑިއާ އާއި ޗައިނާއިން ވެސް ނުފޫޒު ގަދަކުރުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. ލަންކާއަށް މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ދަތި އިގްތިސާދީ ހާލަތުގައި އިންޑިއާއިން އެހީވަމުން ދަނިކޮށް ޗައިނާގެ އުޅަނދެއް ވަންން އުޅުމުން އެކަން ވަނީ ހޫނުވެފަ އެވެ. އިންޑިއާ އިން ބުނަމުން ދަނީ އެ ގައުމާ އެހާ ކައިރީގައި އޮންނަ ބަނދަރަކަށް ޗައިނާގެ އުޅަނދު ވަނުމަކީ ސަލާމަތީ ގޮތުން ނުރައްކަލަކަށް ވާނެ ކަމަށެވެ.
އެމެރިކާއިން ބުނާ ގޮތުގައި "ޔުއަންގް ވަންގް 5" އަކީ ޗައިނާ ސިފައިންގެ ސްޓްރެޓެޖިކް ސަޕޯޓް ފޯސްގެ އުޅަނދެކެވެ.
ލަންކާ ބަނދަރަށް ޗައިނާގެ އުޅަނދު ވަނުމުގެ ހުއްދަ ނުދޭން އިންޑިއާ އިން ލަންކާއަށް ފިއްތާ ކަމަށް ބުނާތީ އިންޑިއާ އިން ހުކުރު ދުވަހު ބުނެފައިވަނީ ލަންކާ އަކީ މިނިވަން ގައުމެއް ކަމަށާއި އެ ގައުމުން ބޭނުން ގޮތަކަށް ނިންމޭނެ ކަމަށެވެ.
އިންޑިއާ އިން ދެކޭ ގޮތުގައި ޗައިނާގެ އެހީގައި 1.5 ބިލިއަން ޑޮލަރު ހޭދަކޮށްގެން، އިންޑިއާ ކައިރީގައި ހަދާފައިވާ ހަމްބަންޓޯޓާ ބަނދަރަކީ ޗައިނާގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކޮށްފާނެ އެވެ. މިއީ އޭޝިއާ އިން ޔޫރަޕަށް އާންމުކޮށް ދަތުރުކުރާ މަގާ ކައިރީގައި އޮންނަ ތަނެކެވެ. ޗައިނާއިން ބިނާކޮށްދީ އަދި އެތަނަށް ލޯނު އަދާނުކުރެވިގެން ޗައިނާ ކުންފުންޏަކަށް ހަމްބަންޓޯޓާ ބަނދަރު ވަނީ 99 އަހަރަށް ދީފަ އެވެ.
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ
އިންޑިއާ ނުރުހުނަސް ޗައިނާގެ އުޅަނދު ލަންކާގައި
ޗައިނާގެ މަނަވަރެއް ލަންކާއަށް ދާތީ އިންޑިއާ ޝަކުވާގައި
ޗައިނާއިން އެހީދިނަސް އިންޑިއާއާ ގުޅުން ރަނގަޅު:ރަނިލް
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަނީ
ޗައިނާގެ ކޮވިޑް ވެކްސިން ލަންކާ އިން ބޭނުންނުކޮށްފާނެ
ލަންކާގެ ރައީސް ޗައިނާ އަށް، ބޮޑުވަޒީރު އިންޑިއާ އަށް