04 ޖެނުއަރީ 2024
ޗައިނާގެ ރިސާޗް ވެސަލްތައް ސްރީ ލަންކާގެ ބަނދަރާއި އިގްތިސާދީ ހާއްސަ ސަރަހައްދަށް ވަނުން އަދި އެފަދަ އުޅަނދަކުން ލަންކާ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ކުރުން ވެސް އެއް އަހަރަށް މަނާކޮށް އެކަން ޗައިނާއަށް އަންގާފައިވާ ކަމަށް ހިންދުސްތާން ޓައިމްސް އިން ބުނެފި އެވެ.
ޗައިނާގެ ރިސާޗް ވެސަލްތައް ސްރީ ލަންކާގެ ބަނދަރާއި އިގްތިސާދީ ހާއްސަ ސަރަހައްދަށް ވަނުން އަދި އެފަދަ އުޅަނދަކުން ލަންކާ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ކުރުން ވެސް އެއް އަހަރަށް މަނާކޮށް އެކަން ޗައިނާއަށް އަންގާފައިވާ ކަމަށް ހިންދުސްތާން ޓައިމްސް އިން ބުނެފި އެވެ.
މިއީ އިންޑިއާގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއް ނުކުރުމަށް، ޖުލައި 21، 2023 ގައި ލަންކާގެ ރައީސް ރަނިލް ވިކްރެމަސިންހަ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައްދަލުވުމުގައި ލަންކާއިން ދީފައިވާ ޔަގީންކަމުގެ މައްޗަށް ނިންމި ގޮތެއް ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވެފައިވެ އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނީ ލަންކާގެ ނިންމުން މިދިޔަ ހަފްތާގައި ޗައިނާއަށް އަންގާފައިވާ ކަމަށެވެ. ޗައިނާ ސަރުކާރުން ކޮންޓްރޯލްކުރާ ބައެއް ނޫސްތަކުގައި ލަންކާއިން މިގޮތަށް ނިންމާފައިވާ ކަމަށާއި އެއީ އިންޑިއާގެ ނުފޫޒު ލަންކާއަށް އޮތް މިންވަރު ކަމަށް ބުނެފައިވެ އެވެ. މިކަމުގެ ފަހަތުގައި އެމެރިކާ ވެސް އެބަ އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި "ޝިއަންގް ޔަންގް ހޮންގް 3" އިން މާކަނޑުގެ ފުނުގައި ތޮރުފުންތަކެއް ތޮރުފައިގެން ކުރާ ދިރާސާއަކަށް މި މަހުގެ 5 ގައި ލަންކާ ސަރަހައްދަށް ވަންނަން އޮތީ ތާވަލްކޮށްފަ އެވެ. އަދި މި މަސައްކަތް މެއި މަހު ފަހުކޮޅާ ހަމަޔަށް ދިގުދެމިގެންދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ ކުރިން ޗައިނާގެ ހައިޑްރޮގްރެފިކް ސާވޭކުރާ އުޅަނދަކަށް ވެސް ލަންކާއިން ހުއްދަ ދީ، އިންޑިއާއާ ކައިރި ހަމްބަންޓޯޓާގެ ބަނދަރުގައި ބޯޓު އަޅައިގެން ތިބުމުގެ ހުއްދަ ވެސް ދިނެވެ. މިއީ ބެލިސްޓިކް މިސައިލް ވެސް ޓްރެކްކުރުމުގެ ގާބިލްކަން ލިިބިފައިވާ އުޅަނދެކެވެ.
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ
އިންޑިއާ ނުރުހުނަސް ޗައިނާގެ އުޅަނދު ލަންކާގައި
ޗައިނާގެ އަސްކަރީ އުޅަނދަށް ލަންކާއިން ހުއްދަ ދީފި
ޗައިނާގެ މަނަވަރެއް ލަންކާއަށް ދާތީ އިންޑިއާ ޝަކުވާގައި
ޗައިނާއިން އެހީދިނަސް އިންޑިއާއާ ގުޅުން ރަނގަޅު:ރަނިލް
އިންޑިއާއާ ދެކޮޅަށް ލަންކާގެ ބިން ބޭނުމެއް ނުކުރެވޭނެ
ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް ހުޅުވޭތޯ ބަލަނީ
ޗައިނާގެ ކޮވިޑް ވެކްސިން ލަންކާ އިން ބޭނުންނުކޮށްފާނެ
ލަންކާގެ ރައީސް ޗައިނާ އަށް، ބޮޑުވަޒީރު އިންޑިއާ އަށް