Roadha Mihaaru
އިންޑިއާއިން ދިވެހި ޑޮކްޓަރުންނަށް ވޯކްޝޮޕެއް ހިންގައިފި

އިންޑިއާ އިން ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވޯކްޝޮޕެއް ހިންގައިފި

21 ޖެނުއަރީ 2020

އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) އިން ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވޯކްޝޮޕެއް އިއްޔެ ހިންގައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) އިން ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވޯކްޝޮޕެއް އިއްޔެ ހިންގައިފި އެވެ.

މެޑިކަލް އެޑިއުކޭޝަން ދަސްކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ "އިމޭޖް ގައިޑެޑް ތެރަޕީ" ވޯކްޝޮޕް ބޭއްވީ ސްޓެލްކޯގަ އެވެ. މި ވޯކްޝޮޕް ހިންގީ އެއިމްސް އިން ރާއްޖެ އައި ޓީމަކުންނެވެ.

މިއީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގައި ދެ ގައުމު ގުޅިގެން ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ސޮއި ކުރެއްވި އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ. މި ދާއިރާގައި ފަންނީ މީހުން ބިނާކޮށް، ތަމްރީން ކުރުމުގައި އިންޑިއާ އިން އަބަދުވެސް އަންނަނީ ރާއްޖެ އަށް އެހީވަމުން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުންޏެވެ.

ރާއްޖެ އާއި އިންޑިއާ ގުޅިގެން ސިއްހީ ދާއިރާ ކުރިއެރުވޭނެ ބައެއް ކަންކަން ވެސް އެއިމްސްގެ ޓީމުން ދެނެގަތެވެ. އޭގެ ތެރޭގައި މި ދާއިރާގައި މަސައްކަތްކުރާ މީހުން ތަމްރީިން ކުރުމާއި ދެ ގައުމު ގުޅިގެން ދިރާސާ ހިންގުމާއި ޓެލެމެޑިސިންގެ ބޭނުން ހިފުމާއި އިތުރު ވޯކްޝޮޕްތައް ހިންގުން ހިމެނޭ ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.