ރާއްޖޭގެ ރަށްތަކަށް ޑެލިވަރީގެ ހިދުމަތް ދޭ ރެޑް ބޮކްސް އިން "ގޯ ޝޮޕް.އެމްވީ" ގެނަމުގައި އެމެރިކާގެ ފިހާރަތަކުން ވިޔަފާރި ކުރެވޭ ވެބްސައިޓެއް ތައާރަފު ކޮށްފި އެވެ.
23 ޖެނުއަރީ 2020
ރާއްޖޭގެ ރަށްތަކަށް ޑެލިވަރީގެ ހިދުމަތް ދޭ ރެޑް ބޮކްސް އިން "ގޯ ޝޮޕް.އެމްވީ" ގެނަމުގައި އެމެރިކާގެ ފިހާރަތަކުން ވިޔަފާރި ކުރެވޭ ވެބްސައިޓެއް ތައާރަފު ކޮށްފި އެވެ.
މި ވެބްސައިޓަކީ މިހާރު ވެސް އެމެރިކާގެ ފިހާރަތަކުން އޮންލައިން ވިިޔަފާރި ކުރާ މީހުން ބޭނުން ކުރަމުން އަންނަ މައިޔޫއެސް.ކޮމް އާ ގުޅިގެން ރެޑް ބޮކްސް އިން ރާއްޖެއަށް ތައާރަފު ކުރި ވެބްސައިޓެކެވެ. މި ވެބްސައިޓު މެދުވެރިކޮށް ވިޔަފާރި ކުރާ މީހުންނަށް މައިޔޫއެސް އަށް ވުރެ އަގުހެޔޮކޮށް މުދާ ގަނެވޭނެ އެވެ.
ގޯ ޝޮޕްގެ ސީއޯއޯ ހުސައިން ޝާހިދު ވިދާޅުވީ ބޭރު ގައުމުތަކުން އޮންލައިން ވިޔަފާރި ކުރުމުގައި ދިވެހިންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ރަށަށް ޑެލިވަރީ ނުލިބުން ކަމަށެވެ. ނަމަވެސް ގޯ ޝޮޕް މެދުވެރިކޮށް ވިޔަފާރި ކުރާ މީހުންނަށް ރެޑް ބޮކްސް މެދުވެރިކޮށް ގޭގެ ދޮރުމައްޗަށް ޑެލިވަރީގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔަގީންކަން ދެން ޔޫއެސް އިން ގަންނަ ތަކެތި ޝިޕް ކުރުމަށް މިހާރު ހޭދަ ކުރާ މިންވަރަށްވުރެ އެތައް ތަނެއް ގޯޝޮޕް މެދުވެރިކޮށް ޝިޕް ކުރުމުން އަގުހެޔޮވާނެ. އަދި އަޅުގަނޑުމެންގެ ޚިދުމަތް ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ލިބޭނެ." ޝާހިދު ވިދާޅުވި އެވެ.
ގޯ ޝޮޕް ވެބްސައިޓު އިންނާނެ ގޮތުގެ މިސާލެއް--
ގޯޝޮޕް މެދުވެރިކޮށް އެމެރިކާގެ ފިހާރަތަކުން އަގުހެޔޮކޮށް މުދާ ލިބެން ހުންނައިރު ޝިޕިން އަށް ދައްކަން ޖެހޭ އަދަދު ވެސް ކުޑަވާނެ އެވެ. އަދި ރާއްޖޭގެ ރަށްތަކަށް ޑެލިވަރީ ކޮށްދިނުމަށް އިތުރު ޗާޖެއް ނުނަގާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ގޯ ޝޮޕްގެ އިތުރުން މައި ޔޫއެސް މެދުވެރިކޮށް ވިޔަފާރި ކުރާ މީހުންނަށް ވެސް ރެޑް ބޮކްސް އިން އަންނަނީ ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.
އާފަލަށް އޯޑަރުކުރުމުން ހަދިޔާއަކަށް އެޕަލް ފޯނެއް
"ފާމަސީ އެމްވީ"ގެ ނަމުގައި އޮންލައިން ފާމަސީއެއް
އޮޒާރޯ ހޯމް ކެއާގެ ވެބްސައިޓު ތައާރަފުކޮށްފި
ވެބްސައިޓާއެކު ލިންކްސާވް ކަސްޓަމަރުންނާ ކައިރިއަށް
ކުކުޅު ފިހާރަ އިން އަނެއްކާވެސް ތަކެތި އަގުހެޔޮ ކޮށްފި
ބީއެޗްއެމުން މިހާރު އޮންލައިންކޮށް ވިޔަފާރި ކުރެވޭނެ
ކުކުޅު ފިހާރައިގެ އީ-ސްޓޯރު، އީ-ޝޮޕިން މޯލަކަށް
ވަންކްލިކް: އެޕް ޝެއާކޮށްގެން ހިލޭ ވިޔަފާރިކޮށްލެވޭނެ
ފަތަހައިން ވެސް ޑެލިވަރީގެ ހިދުމަތް ފަށައިފި
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި