Roadha Mihaaru
ކުކުޅު ފިހާރަ އިން އަނެއްކާވެސް ތަކެތި އަގުހެޔޮ ކޮށްފި

ކުކުޅު ފިހާރަ އިން އަނެއްކާވެސް ތަކެތި އަގުހެޔޮ ކޮށްފި

20 ޖޫން 2020

ކުކުޅު ފިހާރައިގެ އީ-މޯލުން ވިއްކާ ތަކެތި އަނެއްކާ ވެސް އަގުހެޔޮ ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކުކުޅު ފިހާރައިގެ އީ-މޯލުން ވިއްކާ ތަކެތި އަނެއްކާ ވެސް އަގުހެޔޮ ކޮށްފި އެވެ.

އެ ފިހާރައިގެ އީ-ކޮމާސް ވެބްސައިޓް އޮންލައިން މޯލަކަށް މި މަސް ތެރޭގައި ވަނީ ބަދަލު ކޮށްފަ އެވެ. އެ ފިހާރަ އިން ވަނީ ކުރިން ވިއްކަމުން އައި ތަކެތީގެ އިތުރުން، ގިނަ އަދަދެއްގެ ސާމާނު އިތުރު ކޮށްފަ އެވެ.

ކުކުޅު ފިހާރައިން އަގުހެޔޮ ކުރި ތަކެތި

- 340 ގްރާމްގެ ޗިކަން ސޮސެޖް- 17ރ.

- ދެ ކިލޯގެ ޗިކަން ތައި- 160ރ.

- ދެ ކިލޯގެ ޗިކަން ވިންގް، 150ރ.

- ފަސް ކިލޯގެ ބާސްމަތީ ރައިސް، 165ރ.

- 900 ގްރާމްގެ ބީފް ޗަންކް، 59ރ.

- އެއް ކިލޯގެ ބީފް ޓެންޑާ ލޮއިން- 120ރ.

- އެއް ކިލޯގެ ބީފް ޓޮޕްސައިޑް 95ރ.

ކުކުޅު ފިހާރައިގެ އޮންލައިން ޝޮޕިން މޯލަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ މޯލް ކަމަށް ކުކުޅު ފިހާރަ އިން ބުންޏެވެ. އެ ފިހާރައިގެ އޮފިޝަލަކު ބުނީ މޯލްގެ ހިދުމަތް ވެސް އީ-ސްޓޯރެކޭ އެއްގޮތަށް މުޅި ރާއްޖެ އަށް ލިބޭނެ ކަމަށެވެ.

އެ ފިހާރަ އިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާ އެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އެ ފިހާރަ އިން އަންނަނީ ވިއްކަމުންނެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް އެ ފިހާރަ އިން ބުންޏެވެ.

ކުކުޅު ފިހާރަ އިން ވަނީ އެ ފިހާރައިގެ ވެބްސައިޓު މެދުވެރިކޮށް ހޯލްސޭލްކުރުން ވެސް ފަށައިފަ އެވެ. މި ހިދުމަތާ އެކު އެ ފިހާރަ އިން ވަނީ ހާއްސަ އޮފާއެއް ވެސް ހޯލްސޭލް ކަސްޓަމަރުންނަށް ހުޅުވާލައިފަ އެވެ. އެގޮތުން، ހޯލްސޭލް ހިދުމަތް ހޯދާ ކޮންމެ 100 ވަނަ ކަސްޓަމަރެއްގެ ބިލުން 20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން ވެސް ހޯލްސޭލަރުންނަށް 20-30 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް އެ ފިހާރަ އިން އަންނަނީ ދެމުންނެވެ.