Roadha Mihaaru

އޮޒާރޯ ހޯމް ކެއާގެ ވެބްސައިޓު ތައާރަފުކޮށްފި

ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގައި މަގުބޫލު އޮޒާރޯ ހޯމް ކެއާގެ ވެބްސައިޓު ތައާރަފުކޮށްފި އެވެ.

އޮޒާރޯ ހޯމް ކެއާގެ ވެބްސައިޓު ތައާރަފުކޮށްފި
އިދުހާމް ނައީމް
އިދުހާމް ނައީމް

21 ސެޕްޓެމްބަރ 2020

ފަރުނީޗަރު ވިއްކުމުގައި ރާއްޖޭގައި މަގުބޫލު އޮޒާރޯ ހޯމް ކެއާގެ ވެބްސައިޓު ތައާރަފުކޮށްފި އެވެ.

މި ވެބްސައިޓަކީ މި ދުވަސްވަރު ގޭގައި ތިބެގެން ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުން ތައާރަފުކުރި ވެބްސައިޓެކެވެ. އޮޒާރޯގެ ވެބްސައިޓު ozzaro.panocean.com.mv މެދުވެރިކޮށް، އެ ފިހާރައިން ވިއްކާ ތަކެއްޗާއި އޭގެ އަގު ފަސޭހައިން ބަލައިލެވޭނެ އެވެ.

ވެބްސައިޓު މެދުވެރިކޮށް، އޮޒާރޯގެ ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެ އެވެ. މި ވެބްސައިޓުން 24 ގަޑިއިރު ހިދުމަތް ލިބޭއިރު ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކޮންމެ ދުވަހަކު ވެބްސައިޓް އަޕްޑޭޓް ވެސް ކުރާނެ އެވެ.

އޮޒާރޯގެ ވެބްސައިޓު މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންނަށް އޮންލައިން ކޮށް ފައިސާ ދެއްކޭނެ އެވެ. އަދި އޯޑަރު ކުރުމުން ހިލޭ ޑެލިވަރީ ވެސް ކޮށްދޭނެ އެވެ.

އޮޒާރޯ އިން ވަނީ ވެބްސައިޓު ތައާރަފުކުރުމާ ގުޅިގެން ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގައި، ކަސްޓަމަރުން ގަންނަ ކޮންމެ އެނދަކާއެކު ބޭނުންވާ ވައްތަރެއްގެ ގޮދަޑިއަކުން 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.