Roadha Mihaaru
ޔާމީން ހުރީ ހިކި އަނަރޫފަ ވެފައި: އަދުރޭ

ޔާމީން ހުރީ ހިކި އަނަރޫފަވެފައި: އަދުރޭ

25 ޖެނުއަރީ 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ވަރަށް ހާލުގައި ކަމަށާއި ބައެއް އަސާސީ ހައްގުތައް ވެސް ނުލިބޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނެވީ ވަރަށް ހާލުގައި ކަމަށާއި ބައެއް އަސާސީ ހައްގުތައް ވެސް ނުލިބޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ، އޭނާ ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުވުމުން އެމަނިކުފާނު ހުންނެވި ހާލު ފެނިވަޑައިގެން ވަރަށް ދެރަވި ކަމަށާއި ޔާމީން ހުންނެވީ ވަރަށް ހިކި އަނަރޫފަ ވެފައި ކަމަށެވެ. ޔާމީން ހުންނެވީ "ޖަލު މީހެއްގެ ހާލުގައި" ކަމަށާއި ކޮންމެ ދުވަހަކު ނުހައްގުން އަނިޔާ ދެމުން ދާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ވިދާޅުވީ ފެންވެރުމުގެ ކަންކަން ވަރަށް ދައްޗޭ. ތުނބުޅި ބޭލޭނެ ގޮތެއް ނެތޭ. ކާން ގެންނަ އެއްޗެހި ރޮލެއް ނުފިލުވައޭ. ސާޅީސް ފަސް ދުވަސް ވެގެން ދިޔައިރު ކާން ދެނީ އެކައްޗެކޭ. ނިދާކަށް ފަސޭހައެއް ނޫނޭ. ގަސްތުގައި އަޑުގަދަ ކުރަނިއްޔޭ. އެހާ ހިސާބަށް ވާހަކަ ދިޔައީމާ އެ ވާހަކަ އަޑުއަހާކަށް އަޅުގަނޑަށް އިތުރަށް ކެތެއް ނުވި. ހަމަ ހަގީގަތަށް މިދަންނަވަނީ އަޅުގަނޑަށް ރޮވުނު،" ސިޔާސީ ގޮތުން ޔާމީނާ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދުރޭ ވިދާޅުވި އެވެ.

"މޫނު މައްޗަށް ބަލާލީމައި މުޅި މޫނުމަތީގައި އޮތީ ބިހި ނަގާފައި. ކީއްވެގެންތޯ އޮޅުން ފިލުވާލިއިރު ތުނބުޅި ބާލަން ޖެހެނީ ޖަލު މީހުން ތުނބުޅިބާލާ ރޭޒަރުން. ތުނބުޅި ބާލާފައި އުނގުޅާލާނެ އާފްޓާ ޝޭވް ކޮޅެއް ނުލިބޭ. ފެންވަރައިގެން ނުކުމެ ގައިގައި ހާކާލާނެ ލޯޝަން ކޮޅެއް އެތަނަކުން ނުލިބޭ. ނަމާދަށް ނޫނީ ހުކުރަށް ވަޑައިގަންނަވަން އަތަރުކޮޅެއް ނޫނީ ސެންޓް ކޮޅެއް ނުލިބޭ. މިހާ ހާލުގައި ރައީސް ޔާމީން ޖަލުގައި އެހޭދަ ކުރައްވަނީ."

އަދުރޭ ވިދާޅުވި ގޮތުގައި، އެބޭފުޅުންގެ ސަރުކާރުގައި ރައީސްކަން ކުރެއްވި ބޭފުޅުން ޖަލުގައި ތިއްބެވީ ވަރަށް އަރާމުގަ އެވެ. އޭރު އާއްމުކޮށް ބޭނުންކުރާ ތަކެތި ޖަލަށް ވެއްދުމުގެ ހުއްދަ އާއި ބޭނުންފުޅު އެއްޗެއް ފަރިއްކުޅުވޭނެ އިންތިޒާމް ހަމަޖައްސައި ދިން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބައެއް ރައީސުންނަށް އެހީތެރިވުމަށް އަނބިކަނބަލުންނަށް ޖަލަށް ވަޑައިގަތުމުގެ ހުއްދަ ވެސް އޭރު ދެއްވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

"މޫނު މައްޗަށް ބަލާލީމައި މުޅި މޫނުމަތީގައި އޮތީ ބިހި ނަގާފައި. ކީއްވެގެންތޯ އޮޅުން ފިލުވާލިއިރު ތުނބުޅި ބާލަން ޖެހެނީ ޖަލު މީހުން ތުނބުޅިބާލާ ރޭޒަރުން. ތުނބުޅި ބާލާފައި އުނގުޅާލާނެ އާފްޓާ ޝޭވް ކޮޅެއް ނުލިބޭ. ފެންވަރައިގެން ނުކުމެ ގައިގައި ހާކާލާނެ ލޯޝަން ކޮޅެއް އެތަނަކުން ނުލިބޭ. ނަމާދަށް ނޫނީ ހުކުރަށް ވަޑައިގަންނަވަން އަތަރުކޮޅެއް ނޫނީ ސެންޓް ކޮޅެއް ނުލިބޭ. މިހާ ހާލުގައި ރައީސް ޔާމީން ޖަލުގައި އެހޭދަ ކުރައްވަނީ،" އަދުރޭ

ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި އޮންނެވިއިރު އެހީތެރިވުމަށް އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އޭރު ޖަލަށް ވަޑައިގަތެވެ.

އަދުރޭ ވިދާޅުވީ، ޖަލުގެ ކުޑަ ގޮޅީގައި އޮންނެވި ނަމަވެސް ޔާމީން ހުންނެވީ ވަރަށް ސާބިތު ކަމާ އެކުގައި ކަމަށެވެ. އެ ހާލުގައި އޮންނަވައިގެން ވެސް އެމަނިކުފާނު ކަންބޮޑުވެ ވަޑައިގަންނަވަނީ ރާއްޖޭގެ ހާލަތާ މެދުގައި ކަމަށް އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުގައި، ޔާމީނާ ބައްދަލު ކުރެއްވިއިރު އެމަނިކުފާނު މުޅިން ވެސް ދެއްކެވީ ގައުމުގެ އެކިއެކި ވާހަކަ ތަކެވެ.

"އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެންދާނެ ކަމުގެ ބިރު އެމަނިކުފާންގެ ހިތްޕުޅުގައި ވަރަށް ބޮޑަށް އެބައޮތް. މާތް ވެގެންވާ އިސްލާމް ދީން ފިޔަވައި އެހެން ދީންތަކަށް ޖާގަ ދީފާނެތީ އެމަނިކުފާން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގަންނަވާ. އަޅުގަނޑުމެންގެ ގައުމުގެ ބޭރު ގައުމެއްގެ ބައެއްގެ އަތްތަކަށް ހިނގައިދާނެ ކަމުގެ ސިގްނަލް ދެމުން ދާތީ އެމަނިކުފާނު ހުންނެވީ އެކަމާ ވަރަށް ބޮޑަށް ދެރަފުޅުވެފައި،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

އަބްދުއްރަހީމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ޖަލްސާއެއްގައި: ޔާމީންގެ ހާލަތާ މެދު އަދުރޭ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ.---ފައިލް ފޮޓޯ: މިހާރު

އަބްދުއްރަހީމާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ޖަލްސާއެއްގައި: ޔާމީންގެ ހާލަތާ މެދު އަދުރޭ އިންތިހާ އަށް ކަންބޮޑުވެވަޑައިގަންނަވާ.---ފައިލް ފޮޓޯ: މިހާރު

އަދުރޭ ވިދާޅުވީ ޔާމީނަށް ކަމެއް ކޮށްދެންޏާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު، ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރަށް ފާޑު ވިދާޅުލައްވަމުން އަދުރޭ ވިދާޅުވީ، ޕޯޗުގީޒުންނަށް ވުރެ މިހާރުގެ ސަރުކާރު މާ ނުލަފާ ކަމަށެވެ. އަނދިރިއަނދިރިންނާއި ވިއަޒޯރަށް ވުރެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާ ނުލަފާ ކަމަށް ވެސް ވިދާޅުވި އެވެ.