Roadha Mihaaru
އެޑްމިނިސްޓްރޭޓަރުން އައްޔަންކުރާ އުސޫލު އެކުލަވާލައިފި

ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު އެކުލަވާލައިފި

26 ޖެނުއަރީ 2020

ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގެ އުސޫލު އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އެކުލަވާލި އުސޫލު ބުނާ ގޮތުން ކޯޓު އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރާނީ އެ އުސޫލުގައި ބަޔާންކުރާ ކްރައިޓީރިއާތަކުގެ ޖުމްލަ މާކްސްގެ ގޮތުގައި މަދުވެގެން 50 ޕަސެންޓް ލިބިގެންނެވެ.

ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ މީހާގެ މައުލޫމާތު އެ ކޯޓެއްގެ އިސް ފަނޑިޔާރަކާ ހިއްސާ ކުރުމަށް ފަހު އެ މީހަކު އެ މަގާމަށް އައްޔަން ކުރުމާ މެދު ގޮތެއް ނިންމާނީ ޑީޖޭއޭއިން ކަމަށް އެ އުސޫލުގައިވެ އެވެ. މާކްސް ދިނުމުގައި ތައުލީމާއި ކުރިން ލިބިފައިވާ ތަޖުރިބާގެ އިތުރުން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރަށް ވެސް ބަލާނެ ކަމަށް އެ އުސޫލުގައިވެ އެވެ.

އުސޫލު ބުނާ ގޮތުން އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުމުގައި އެކި މަރުހަލާގެ ކޯޓުތަކުގެ ތައުލީމާއި ތަޖުރިބާގެ ޝަރުތު ތަފާތުވާނެ އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ އެޑްމިނިސްޓްރޭޓަރުގެ ތައުލީމީ ޝަރުތެއްގެ ގޮތުގައި ޑިގްރީއެއް އޮތުމާ އެކު މަދުވެގެން އަށް އަހަރުގެ ތަޖުރިބާ ހުރުން ލާޒިމްވާއިރު، ހައި ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ ތައުލީމީ ޝަރުތަކީ ޑިގްރީއެއް އޮތުމާ އެކު މަދުވެގެން ހަ އަހަރުގެ ތަޖުރިބާ ހުރުމެވެ.

ޗީފް އެޑްމިނިސްޓްރޭޓަރުންނަކީ ކޮންމެ ކޯޓެއްގެ ވެސް އިދާރީ ހިންގުމުގެ އެންމެ އިސް ފަރާތެވެ.