Roadha Mihaaru
ކަރަންގެ "ތަޚުތު" ގެ މޯޝަން ޕޯސްޓަރެއް

ކަރަންގެ "ތަޚުތު" ގެ މޯޝަން ޕޯސްޓަރު ދައްކާލައިފި

04 ފެބުރުއަރީ 2020

ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފުރަތަމަ ތާރީހީ ފިލްމު "ތަޚުތު" ގެ މޯޝަން ޕޯސްޓަރާ އެކު، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފުރަތަމަ ތާރީހީ ފިލްމު "ތަޚުތު" ގެ މޯޝަން ޕޯސްޓަރާ އެކު، ފިލްމު ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށާ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ގަ އެވެ. އިންޑިއާ އާއި ޔޫރަޕްގެ ބައެއް ހިސާބުތަކުގައި މަންޒަރުތައް ނަގާ "ތަޚުތު" ގެ ކާސްޓުންނަކީ ރަންވީރު ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރެވެ.

މި ފިލްމަކީ އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. އެގޮތުން "ތަޚުތު" ގެ މައިގަނޑު ޕްލޮޓަކީ ރަސްކަމުގެ ތެރޭގައި ދެބޭންގެ މެދުގައި ހިނގާ ކޯޅުންތަކާ އެކު ކުރިމަތިވާ ލޯބީގެ ހާޖާނުގަނޑެއް ދައްކުވައިދޭނެ ފިލްމެކެވެ. "ތަޙުތު" ގައި ދެބޭންގެ ރޯލް ކުޅޭނީ ރަންވީރާއި ވިކީ އެވެ.

ސުމިތު ރޯއިގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގައި އަނިލް ފެނިގެންދާނީ ކުރީގެ މަޝްހޫރު ރަސްކަލެއް ކަމަށްވާ ތާޖް މަހަލް ބިނާކުރި ޝާހް ޖަހާންގެ ރޯލެވެ.

ކަރަންގެ ހުވަފެނީ ޕްރޮޖެކްޓެއްގެ ގޮތުގައި ގެނެސްދޭ "ތަޚުތު" ގެ މިއުޒިކް ހަދަނީ އޭނާގެ ފިލްމަކަށް މުޅިން އަލަށް މިއުޒިކް ހަދައިދޭ އޭއާރް ރަހްމާނާއި ސަންޖިތު ބަލްހާރާ އެވެ.

"ކުޗް ކުޗް ހޯތާ ހޭ" އާއި "ސްޓޫޑަންޓް އޮފް ދި އިޔާ" ފަދަ ފިލްމުތައް ގެނެސްދިން ކަރަން އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.