03 ފެބުރުއަރީ 2021
މީގެ ތިން އަހަރު ކުރިން ކަރަން ޖޯހަރް އިއުލާންކުރި ތާރީހީ ލޯބީގެ ފިލްމު "ތަޚުތު" މިހާރު ނުހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން ކަރަން ޖޯހަރް އިއުލާންކުރި ތާރީހީ ލޯބީގެ ފިލްމު "ތަޚުތު" މިހާރު ނުހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ދެހާސް އަށާރައިގައި އިއުލާންކުރި މި ފިލްމަކީ އިންޑިއާގައި ކުރިން އޮތް މުގާލް ރަސްކަމުގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ. "ތަޚުތު" ގެ މަސައްކަތް ފަށަން އެކި ފަހަރުމަތިން މަސައްކަތްކުރި ނަމަވެސް އެކި ސަބަބުތަކާ ހެދި އެކަން އޮތީ ކާމިޔާބު ނުވެ އެވެ.
މި ފިލްމު ނުހަދަން މިހާރު ނިންމާފައިވާ ކަމަށް އަޑު އަރާފައި މި ވަނީ އާލިއާ ބަޓާއި ރަންވީރު ސިންގްއާ އެކު ކަރަން ލޯބީގެ އެހެން ފިލްމެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ބުނެފައި ވަނިކޮށެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ތަޚުތު" ނަހަދަން ނިންމީ މުހިއްމު ސަބަބުތަކަކާ ހެދި އެވެ. އޭގެ ތެރޭގައި މި ފިލްމަކީ ގާތްގަނޑަކަށް 250-300 ކްރޯޑް ރުޕީސް (34.22-41.07 މިލިއަން ޑޮލަރު) ގެ ބަޖެޓެއް ހަރަދުވާނެ ފިލްމަކަށްވެފައި އެ ވަރުގެ ހަރަދެއް ކަރަންގެ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަނަށް މި ވަގުތު ކުރަން ދަތިވުން ހިމެނެ އެވެ. މިދިޔަ އަހަރު ކޮވިޑް-19އާ ހެދި އެ ސްޓޫޑިއޯ އިން ތާވަލުކުރި ގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދެވުމުން ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ. އަނެއްކޮޅުން "ތަޚުތު" އަށް އިންވެސްޓްކުރާނެ އިތުރު ޕްރޮޑަކްޝަން ހައުސްއެއް މި ވަގުތު ނެތުން ހިމެނެ އެވެ. އަދި ކަރަންގެ ދަރުމާއާ އެކު ފޮކްސް ސްޓާ ސްޓޫޑިއޯސް މަސައްކަތްކުރި ނަމަވެސް ކަރަންގެ ފިލްމަށް އެ ސްޓޫޑިއޯ އިން މިހާތަނަށް ޝައުގުވެރިކަން ފާޅުނުކުރާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Principal photography begins in March#HirooYashJohar @apoorvamehta18 #SumitRoy @RanveerOfficial #KareenaKapoorKhan @aliaa08 @vickykaushal09 @bhumipednekar #Janhvi @AnilKapoor @NotSoSnob @DharmaMovies pic.twitter.com/Ath2qKE5PH
— Karan Johar (@karanjohar) February 1, 2020
ހަމަމިއާ އެކު ދަރުމާގައި މިހާރު ވެސް ބޮޑު ބަޖެޓް ފިލްމުތަކެއް ހުރެފައި، އަދިވެސް ސިނަމާގެ ވިޔަފާރި އަށް ވާނެ ގޮތެއް ނޭނގޭތީ އިތުރު ޕްރޮޖެކްޓަކަށް ބޮޑު ހަރަދެއްކުރުން މި ވަގުތަށް ދަތި ކަމަކަށް ވަނީ ކަމަށް ރިޕޯޓްތައް ބުންޏެވެ. މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ "ބުރައްމަސްތުރާ" އަކީ ކަރަންގެ ސްޓޫޑިއޯ އިން ގެނެސްދޭން އުޅޭ ވަރަށް އުންމީދީ ބޮޑު ބަޖެޓް ފިލްމެކެވެ. މީގެ އިތުރުން ދާދި ފަހުން ޕޯސްޓަރު ދައްކައިލި "ލައިގާ" އަކީ ވެސް ބޮޑު ބަޖެޓަކުން ހަދާ ފިލްމެކެވެ.
ދަރުމާގެ ކުރިއަށް ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޖުގް ޖުގް ޖިއޯ" އާއި "ދޯސްތާނާ 2" އާއި "މިސްޓަ ލޭލޭ" އާއި "ޝޭރު ޝާހް" އާއި ޑައިރެކްޓަރު ޝަކުން ބަޓްރާގެ އަދި ނަން އިއުލާންނުކުރާ ފިލްމެއް ހިމެނެ އެވެ. މި ފިލްމުތަކުގެ ތެރެއިން "ޝޭރު ޝާހް" އާއި "ޖުގް ޖުގް ޖިއޯ" އަކީ ޝޫޓިން ނިމިފައި އޮތް ދެ ފިލްމެވެ.
އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު "ސޫރިޔަވަންޝީ" އަކީ ވެސް ކަރަންގެ ދަރުމާ އިން ހިއްސާވާ ފިލްމެކެވެ.
ކާމިޔާބު ރީތި ފިލްމުތަކެއް ގެނެސްދިން ކަރަންގެ ފުރަތަމަ ތާރީހީ ފިލްމު ބެލުންތެރިންނަށް ފެންނާނެމުގެ އުންމީދު މިހާރު ފެނަށްވެފައިވާކަމުގެ އިޝާރާތްތަކެއް ލިބިފައިވާ އިރު މިއީ ބޮޑު ކާސްޓެއް ވެސް ހިމެނޭ ފިލްމެކެވެ. "ތަޚުތު" މައިގަނޑު ކާސްޓުންނަކީ ރަންވީރު ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ބޫމީ ޕިޑްނޭކަރް އަދި ޖާންވީ ކަޕޫރެވެ.
"ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ޚުޝީ ކަބީ ޢަމް" އަދި "ކަބީ އަލްވިދާ ނާ ކެހެނާ" ފަދަ ފިލްމުތައް ގެނެސްދިން ކަރަން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2016 ގެ "އޭ ދިލް ހެ މުޝްކިލް" އެވެ.
"ތަޚުތު" އާ ބެހޭ ގޮތުން މި ވަގުތު މީޑިއާތަކުގައި ދެކެވެމުން އަންނަ ވާހަކަތަކާ ގުޅިގެން ކަރަން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ ފިލްމާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން މީީގެ ކުރިން ދެއްކި ވާހަކަތަކެއް އޭނާ ދޮގުކޮށްފައިވެ އެވެ.
"ތަޚުތު" އަކީ ޔަގީނުން ވެސް ހަދާނެ ފިލްމެއް: ކަރަން
ކަރަންގެ އާ ފިލްމަށް 100 ކްރޯޑް ރުޕީސް
ކަރަންގެ އާ ފިލްމަށް ތައުރީފު
ހިޓުވި ޓީޒާއަށް ފަހު ކަރަންގެ އާ ފިލްމުގެ ޓްރެއިލާ
އެއް މިނެޓުގެ ޓްރެއިލާގައި އާލިއާ 20 ސާޅި އަޅައިގެން
ކަރަންގެ އާ ފިލްމުގެ ފުރަތަމަ ޓީޒާ ނެރެފި
ކަރަންގެ އާ ފިލްމު އަޅުވަނީ ޖުލައި 23 ގައި
ކަރަންގެ އާ ފިލްމުގައި ޕްރިތީ ފެންނާނެ
ޖާދޫގައި ޖައްސަން، ކަރަންގެ "ޓިޕިކަލް" ފިލްމެއް
ކަރަންގެ ފިލްމަށް ޝަބާނާ 10 ކިލޯ ލުއިކުރި